ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ އިތުރު މީހަަކު މަރުވެއްޖެ އެވެ.
މީގެ ކުޑައިރުކޮޅެއްގެ ކުރީން މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ އުމުރުން ދުވަސްވީ މީހެކެވެ. އެއީ ދިވެހި ފިރިހެނެކެވެ. މިއީ ކޮވިޑްގެ 115 މަރެވެ. އަދި މިއަދުގެ ތިންވަނަ މަރެވެ.
ރޭ މެންދަމު 2:00 ގައި މަރުވެފައި ވަނީ ލ. ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 36 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. އޭނާ އަކީ ނޭޕާލަށް ނިސްބަތްވާ މީހެކެވެ. މިރޭ 6:52 ގައި މަރުވެފައިވަނީ އުމުރުން 62 އަހަރުގެ މީހެއް ކަމަށެވެ. އެއީ ދިވެހި ފިރިހެނެކެވެ.
އޭނާ މަރުވީ އޭޑީކޭ ހޮސްޕިޓަލްގެ އީއާރުގައި ފަރުވާ ދެމުން ދަނިކޮށެވެ. އެމީހާ މަރުވިއިރު އެއީ ކޮވިޑް ބަލި މީހެއްކަން އެނގިފައެއް ނުވެއެވެ. މަރުވި ފަހުން ލިބުނު ނަތީޖާ އިން ކޮވިޑް ޖެހިފައިވާކަން އެނގިފައިވާތީ އެއީ ކޮވިޑް މަރެއްގެ ގޮތުގަައި ކަނޑައެޅީއެވެ.
އިއްޔެއަކީ ރެކޯޑް އަދަދަކަށް މީހުން މަރުވި ދުވަހެކެވެ. ކޮވިޑް ބަލީގައި އިއްޔެ ހަތް މީހަކު މަރުވިއެވެ. އޭގެ ތެރެއިން ދެ މީހުންނަކީ ލ. ކޮވިޑް ފެލިސިޓީގައި ފަރުވާ ހޯދަމުން އައި ދެ މީހެކެވެ. ދެން މަރުވީ ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ ފަސް މީހެކެވެ.