ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު 1603 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 21،603 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 52،402 އަށް އަރާފަ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 1،025 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވި މީހުންގެ ތެރެއިން 571 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުންވެސް ހަތް މީހަކު ޕޮޒިޓިވްވެފައިވެއެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 21،079 މީހުންނެވެ. މިހާތަނަށް 31،197 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 286 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 16 މީހަކު އޮތީ އައިސީޔޫގައެވެ. 8 މީހަކު އޮތީ ވެންޓިލޭޓަރުގައެވެ.

ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ ހަތަރު މީހަކު މިއަދުވެސް ވަނީ މަރުވެފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިރޭ 7:46 ގައި މަރުވެފައިވަނީ އުމުރުން 57 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. މިއަދު 3:45ގައިވެސް މީހަކު މަރުވިއެވެ. އެއީ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ދެ މީހުންވެސް މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

މިއަދު ހެނދުނު 10:54 ގައިވެސް، ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވެފައިވެއެވެ. އެއީ 80 އަހަރުގެ ދިވެހި އަންހެނެކެވެ. މީގެ އިތުރުން ރޭ މެންދަމު 4:06 ގައިވެސް މީހަކު މަރުވިއެވެ. އެއީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ދެ މީހުންވެސް މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

އިއްޔެވެސް ކޮވިޑް ބަލީގަައި ހަތަރު މީހަކު މަރުވިއެވެ. މި އަހަރުގެ މިހާތަނަށް 69 މީހަކު ވަނީ މަރުވެފައެވެ. މިދިޔަ އަހަރު ހަތް މަސް ދުވަހުގެ ތެރޭގައި މަރުވީ 51 މީހެކެވެ. މި މަހު އެކަނިވެސް 47 މީހަކު މި ބަލީގައި މަރުވެއްޖެ އެވެ.