ޅައިމަގު

އިޒްރޭލަށް ތާއީދުކުރި އިންޑިއާ ޓީޗަރު ޅައިމަގުން ބާލައިފި

ޅައިމަގު: އިޒްރޭލަށް ސަޕޯޓްކުރި އިންޑިއާ ޓީޗަރަކު ޅައިމަގުން ވަނީ ބާލާފައި
80%
20%
0%

ށ. ޅައިމަގު ސްކޫލްގައި ކިޔަވައި ދެމުންދިޔަ އިންޑިއާ ޓީޗަރަކު އިޒްރޭލަށް ތާއީދުކޮށް ވާހަތައް ދައްކަން ފެށުމުން މައްސަލަތައް އުފެދި އެރަށުން އޭނާ ބާލައިފި އެވެ.

ޅައިމަގު ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ފަޔާޒް ވިދާޅުވީ އެއީ އެ ސްކޫލުގައި ކެމިސްޓްރީ ކިޔަވައި ދެމުން ދިޔަ ފިރިހެނެއް ކަމަށެވެ. އަދި އިޒްރޭލުން ފަލަސްތީނުގައި ހިންގާ ޖަރީމާތަކާ ގުޅުވައި އެ މީހާ އިޒްރޭލަށް ތާއީދުކޮށް ޕޯސްޓެއް ލިޔުމުން އެ ރަށުގެ ގިނަ ބައެއްގެ ނުރުހުން އޭނާއަށް އަމާޒުވެފައިވާ ކަމަށެވެ.

"އެކަން އިއްޔެ އަޅުގަނޑުމެންގެ ސަމާލުކަމަށް އައުމާއެކު ޓީޗަރު ސަސްޕެންޑްކޮށް އެޑިއުކޭޝަން މިނިސްޓްރީއަށް މައްސަލަ ހުށަހެޅިން. ދެން ރަށުގެ ރައްޔިތުން ބޭނުމެއް ނުވި އޭނާ މި ރަށުގައި ބަހައްޓާކަށް،" ފަޔާޒް ވިދާޅުވި އެވެ.

ރަށުގެ ރައްޔިތުންގެ ނުރުހުން ޓީޗަރަކަށް އަމާޒުވި ނަމަވެސް އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށް ފަޔާޒު ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ ޓީޗަރު ޅައިމަގުން ރޭ ބޭލީ އެރަށުގެ ރައްޔިތުން ނުރުހުން ފާޅުކޮށް އެކަމަށް ގޮވާލަމުންދާތީ އެ ޓީޗަރުގެ ރައްކާތެރި ކަމަށެވެ.

ޅައިގަމުން ބޭލި ޓީޗަރު އެރަށުގައި މަސައްކަތް ކުރާތާ ދެ އަހަރު ވަނީ ވެފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910