ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާލޭ ސިޓީ ކައުންސިލް

މާލޭ މަގުތައް ދޮންނަނީ

މާލޭ ސިޓީގެ މަގުތައް ޑިސްއިންފެކްޓްކޮށް، ދޮވުމުގެ ޕްރޮގްރާމެއް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.

މަސް މާރުކޭޓު ސަރަހައްދުން މި ޕްރޮގްރާމް ފައްޓަވައި ދެއްވީ މިދިޔަ ހޯމަ ދުވަހު މާލެ ސިޓީގެ މޭޔަރުކަމާއި ހަވާލުވެވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒެވެ. މި މަސައްކަތް ފެށީ އެޗްޕީއޭ އާއި ހެލްތު މިނިސްޓްރީން ވެސް އެދިގެނެވެ.

މުއިއްޒު ވިދާޅުވީ އެންމެ ފުރަތަމަ ޑިސްއިންފެކްޓް ކުރާނީ އެންމެ ގިނަ މީހުން ޖަމާވާ އަދި އެންމެ ގިނަ މީހުން ބޭނުންކުރާ ތަންތަން ހުންނަ މަގުތައް ކަމަށެވެ. ނަމަވެސް މާލޭގެ ހުރިހާ މަގެއް މި ޕްރޮގްރާމުގެ ދަށުން ޑިސްއިންފެކްޓްކޮށް ދޮންނާނެ ކަމަށް ވިދާޅުވި އެވެ.

އެގޮތުން އެންމެ ފުރަތަމަ ދޮންނާނީ ހުރިހާ މާރުކޭޓުތައް ކައިރި އާއި ފެރީ ޓަމިނަލްތައް އަދި މަގުތަކުގެ ތެރެއިން އައިޖީއެމްއެޗް ހުންނަ ކަނބާ އައިސާރަނި ހިނގުމެވެ.

މާލޭގެ އިތުރުން ވިލިމާލޭގެ މަގުތައް ވެސް މި ޕްރޮގްރާމްގެ ދަށުން ދޮންނަން ވަނީ ނިންމާފަ އެވެ. މިއީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސިޓީ ކައުންސިލުން އެޗްޕީއޭ އާއި މަޝްވަރާ ކުރުމަށް ފަހު ފެށި ޕްރޮގްރާމެކެވެ.