ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޑެންގީ

ޑެންގީން ރައްކާތެރިވާން ފިޔަވަޅުތައް އަޅަންޖެހޭ: މުއިއްޒު

ކޮވިޑް-19 އިން ސަލާމަތްވުމަށް ފިޔަވަޅުތައް އަޅަމުންދާ މި ދަނޑިވަޅުގައި ދެ ބަލި އެއްފަހަރާ ފެތުރުނަ ނުދިނުމަށް ޑެންގޫއިން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އަޅަން ކުރީގެ ހައުސިން މިނިސްޓަރު، އަދި މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

ކޮންމެ އަހަރެއްގެ ޖޫން މަހާއި ޖުލައި މަހަކީ އާންމުކޮށް ރާއްޖޭގައި ޑެންގޫ ހުން ފެތުރޭ މިންވަރު އިތުރުވެ އެވެ. މި އަހަރުގެ އެދުވަސްވަރާ ދިމާވާއިރު މުޅި ދުނިޔެއަށް ވަނީ ކޮވިޑް-19 އިގެ ނުރައްކާ ކުރިމަތިވެ އެ ބަލި ރާއްޖެއަށްވެސް ކުރިމަތިވެފަ އެވެ. ރާއްޖެއިން މިހާތަނަށް ތިން ދިވެއްސަކަށާއި 15 ބިދޭސީއަކަށް އެ ބަލި ޖެހިފައި ވެއެވެ. މީގެ ތެރެއިން 13 މީހަކު މިހާރު ވަނީ މި ބައްޔަށް ފަރުވާދީ ރަނގަޅުކޮށްފަ އެވެ.

ޑެންގޫ ހުން މިދުވަސްވަރު ފެތުރުން އާންމުވެފައި ނުވިނަމަވެސް ކުރިއަށް އޮތީ އާންމުކޮށް އެ ބަލި ފެތުރޭ ދުވަސްވަރު ކަން ފާހަގަކޮށް މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި ކޮންމެ އަހަރަކު ވެސް ޖޫން ޖުލައިއަކީ ޑެންގޫ ހުމުގެ ދުވަސްވަރަކަށްވާ ކަމަށާއި ކޮވިޑް-19 އިން ސަލާމަތްވުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅު ދެ ބަލި އެއްފަހަރާ ފެތުރުނަ ނުދިނުމަށް މަސައްކަތްތައް ދުރާލާ ކުރަން ޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ މަދިރި އުފެދޭ ތަންތަން މަދުކުރުމަށް ގައުމީ މަސައްކަތްތަކެއް ވެސް ދުރާލާ ކުރަން ޖެހޭނެ ކަމަށެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ވިދާޅުވީ ޑެންގޫ އިންނާއި ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރުވެސް މާލޭގެ އެކި ހިސާބުތަކުގެ ކާނުތައް ސާފްކުރުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށްދާ ކަމަށާއި މިދިޔަ ހަފުތާއިން ފެށިގެން ކޮންމެ ހަފުތާއަކު ވަކި ދުވަސްތަކުގައި މާލެ އާއި ވިލިމާލެ ތެރެއަށް ފޮގް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. އަދި ހުޅުމާލޭގައި ފޮގް ކުރުމުގެ މަސައްކަތް އެޗްޑީސީ އާއި ހަވާލުކޮށްގެން ކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ދުވަސްވަރަކީ ސްކޫލްތައް ބަންދުކޮށްފައިވާ ދުވަސް ވަރަކަށް ވުމާއެކު ސްކޫލްތައް ސާފްކޮށް ފޮގް ކުރުމުގެ މަސައްކަތްތަށް ވެސް ކުރާ ކަމަށެވެ.