ހަބަރު

ލޯންޗެއް އަޑިޔަށް ގޮސް ފަސް މީހަކު ކަނޑުވެއްޖެ

ޅ. ނައިފަރުން ފުރައިގެން ބ. ކަމަދޫއަށް ދަތުރުކުރި ލޯންޗެއް އަޑިޔަށް ގޮސް ފަސް މީހަކު ކަނޑުވެއްޖެ އެވެ. އެއެންމެންވެސް މިހާރު ވަނީ ސަލާމާތްކޮށްފަ އެވެ.

ފުލުހުން ބުނީ ނައިފަރުން ކަމަދޫއަށް ދަތުރުކުރި ލޯންޗު އަޑިޔަށް ގޮސްފައިވަނީ ރާޅެއްގައި ޖެހި ލޯންޗު ފަޅާގެން ދިޔުމުގެ ސަބަބުން ކަމަާއި އެހާދިސާ ހިނގި އިރު ލޯންޗުގައި ތިބި ފަސް މީހުން ވަނީ ކަނޑުވި ކަމަށެވެ.

"ކްރިސްޓަލް" ނަމަކަށް ކިޔާ ލޯންޗް ފަސް މީހުންނާއެކު ދަތުރު ކުރަނިކޮށް އިރުއޮއްސި ގާތްގަނޑަކަށް 6:30 އެހާ ކަންހާއިރު ރާޅެއްގައި ޖެހި ފަޅައިގެން ގޮސް އަޑިއަށް ދިޔައީ ޅ. ކަނިފުއްޓާއި ބ. ކަމަދު ދެމެދަށެވެ. އަދި އެހާދިސާ ހިނގި އިރު ލޯންޗުގައި ތިބީ ދެ ފަޅުވެރިންނާއި ތިން ޕެސެންޖަރުންނެވެ. މިހާރު އެ އެންމެން ވެސް ވަނީ ކަމަދޫއަށް ގެންގޮސްފަ އެވެ.

ކަންޑުވީ މީހުންގެ ތެރެއިން ދެ މީހަކު ޕެޓްރޯލުގެ އަސަރުކޮށްގެން ކަމަދޫ ހެލްތް ސެންޓަރުން ފަރުވާ ދެމުން އެބަދެ އެވެ.