ރައީސް އަބްދުﷲ ޔާމީން

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަކީ އެންމެ އުނދަގޫވި ނިންމުން: ރައީސް

Nov 10, 2015
1
ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި އެ ހާލަތު އުވާލުމަކީ ކުރިމަތިވެ ވަޑައިގެންނެވި އެންމެ އުނދަގޫ ނިންމުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުން ވެސް އަދި އުވާލުން ވެސް ވީ އެމަނިކުފާނަށް ކުރިމަތިވެ ވަޑައިގެންނެވި އުނަދަގޫ ނިންމެވުމަކަށް ކަމަށާއި އެހެން ނަމަވެސް އެ ނިންމުން ނިންމެވީ ރައްޔިތުންގެ ސަލާމާތާއި ރައްކާތެރިކަމަށްޓަކައި ކަމަށާއި ކުއްލި ނުރައްކަލިގެ ހާލަތު އިއުލާން ކުރުމާއި އުވާލުމަކީ ގައުމުގެ މަސްލަހަތަށް ކުރި ކަންކަން ކަމަށެވެ.

"މިއީ އަޅުގަނޑަށް މިފަހަކަށް އައިސް ދިވެހި ތާރީހުގައި ނަގަންޖެހުނު އެންމެ އުނދަގޫ ޑިސިޝަން. ހަމަގައިމު ވެސް މިއީ. އަޅުގަނޑު ނިންމަން ޖެހުނު އެންމެ އުނދަގޫ ނިންމުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަދުވެސް އަޑުއިވެމުން ދަނީ ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވާ ގޮވުން ކަމަށާއި ފަތުރުވެރިން ޒިޔާރަތް ކުރަން މިއީ ނުރައްކާތެރި ތަނެއް ކަމަށް ގޮވާއަޑު ކަމަށްވާއިރު އެ އަޑުތައް އިވެނީ މަދު ބައެއްގެ ބޭނުމުގައި މަދުބައެއްގެ ފަރާތުން ކަމަށެވެ. އަދި ވިދާޅުވީ ކުއްލި ހާލަތު އިއުލާން ކުރުމާއެކު ދިވެހިންގެ މަދު ބަޔަކު ބޭރުގެ ފަރާތްތަކަށް ދައުވަތު ދީފައިވާ ކަމަށާއި ކުއްލި ހާލަތު އިއުލާން ކުރުމަކީ ހައްގު ކަމެއް ނޫން ކަމަށް އެކި ފަރާތްތަކުން ވަކާލާތު ކުރި ކަމަށެވެ (ތަފުސީލް އަންނަނީ)

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910