ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގެ އިތުރު މަރެއް

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު މަރުވެފައި ވަނީ އުމުރުން 66 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ މީހާ މަރުވެފައި ވަނީ ހެނދުނު 8:07 ހާއިރު ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ.

ރާއްޖޭގެ ކޮވިޑް މަރުގެ އަދަދު މިވަނީ 124 އަށް އަރާފަ އެވެ. މިއީ މިމަހުގެ 51 ވަނަ މަރެވެ.

މިދިޔަ އަހަރު ހަތް މަސް ދުވަހުގެ ތެރޭގައި މަރުވީ 51 މީހެކެވެ. އެހެންކަމުން އެ ހަތް މަސް ދުވަހު މަރުވި މީހުންގެ އަދަދާއި މިއަހަރުގެ މިމަހު އެކަނި މަރުވި މީހުންގެ އަދަދު މިވަނީ އެއްވަރު ވެފަ އެވެ.

މި ބަލީގައި އިއްޔެ ވަނީ ތިން މީހަކު މަރުވެފަ އެވެ. ހުކުރު ދުވަހު ހަތަރު މީހަކު ވަނީ ބަލި ޖެހިގެން މަރުވެފަ އެވެ.