ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު

ފެސިލިޓީގައި ތިބި މީހުންގެ ހާލު ބަލަން ގުޅޭނެ ނަންބަރެއް ތައާރަފުކޮށްފި

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ ހާލު ބަލަން ގުޅާނެ ނަންބަރެއް ތައާރަފްކޮށްފި އެވެ.

ފެސިލިޓީތަކަށް ގެންދާ މީހުންގެ ހާލަތު ބެލޭނެ ގޮތެއް ނެތުމަކީ އާއިލާތަކުގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ފެސިލިޓީއަށް ގެންގޮސް ފަރުވާ ދެމުން ދަނީ އުމުރުން ދުވަސްވީ މީހުންނާއި ހާލަތު ގޯސްވުމުގެ ފުރުސަތު އޮތް ހައި ރިސްކް މީހުންނެވެ.

ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނީ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ ހާލު ބަލަން ގުޅާނެ ނަންބަރެއް ތައާރަފު ކޮށްފައިވާ ކަމަށެވެ. އެއީ 3022221 ނަންބަރެވެ. އެ ނަންބަރަށް މިހާރުން ފެށިގެން ގުޅޭނެ ކަމަށްވެސް އެ ސެންޓަރުން ބުނެ އެވެ.

ކޮވިޑްގެ ހާލަތު މިއިން ދުވަހަކު ގޯސް ނުވާ ވަރަށް ރާއްޖޭގައި ގޯސްވެ ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މިންވަރު އުޅެނީ ހާހުން މަތީގަ އެވެ. އަދި މަރުވާ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފަ އެވެ. ބަލި މީހުންނާއެކު ފެސިލިޓީ ވަނީ ފުރުމާ ގާތުގައެވެ. މިހާތަނަށް ކޮވިޑް ޖެހިފައިވާ 54،365 މީހުން ރާއްޖެއިން ފެނިފައިވާއިރު ބަލީގައި 125 މީހުން ވަނި މަރުވެފަ އެވެ.