ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި މިއަދުގެ މިހާތަނަށް ފަސް މަރު

ކޮވިޑް ޖެހިގެން މިއަދުގެ މިހާތަނަށް ފަސް މީހަކު މަރުވެއްޖެ އެވެ.

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ 77 އަހަރުގެ ފިރިހެނަކު ރޭ ދަންވަރު 3:18 ހާއިރު ވަނީ މަރުވެފަ އެވެ. އެއީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ.

ހަމަ އެ ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ 93 އަހަރުގެ ފިރިހިނަކު މިއަދު ހެނދުނު 6:55 ހާއިރު ވަނީ މަރުވެފަ އެވެ.

މީގެ އިތުރުން ކޮވިޑް ބަލީގައި މިއަދު މަރުވި ފަސް ވަނަ މީހާ އަކީ އުމުރުން 85 އަހަރުގެ ފިރިހިނެކެވެ. އޭނާ މަރުވެފައި ވަނީ މިއަދު ހެނދުނު 7:44 ހާއިރު ހުޅުމާލެ ފެސިލިޓީގަ އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން 134 މީހަކު ވަނީ މަރުވެފަ އެވެ. މިމަހު މަރުވި މީހުންގެ އަދަދު މިވަނީ 61 އަށް އަރާފަ އެވެ. މިއީ މިހާތަނަށް ރާއްޖެއިން އެންމެ ގިނަ މީހުން މަރުވި މަހެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވެ މަރުވާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ރާއްޖެއިން އިތުރު 1،559 މީހަކު ކޮވިޑް-19 އަށް އިއްޔެ އެކަނިވެސް ޕޮޒިޓިވް ވެފައިވާއިރު ރާއްޖޭގެ ކޮވިޑް ނަންބަރު މިހާރު ވަނީ 55،924 އަށް އަރާފަ އެވެ.