އިންޓަނެޓްގެ ސާވިސް

އިންޓަނެޓްގެ ހެޔޮ އަގު އިއުލާންކުރުން މާދަމާއަށް

ދިރާގާއި އުރީދޫގެ ސަބްމެރިން ކޭބަލެއް ރާއްޖެއަށް ގުޅާލުމަށް މީގެކުރިން ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން -- ފޮޓޯ: އަވަސް
100%
0%
0%

އިންޓަނެޓުގެ އަގު ހެޔޮކޮށް، އާ އަގުތައް އިއުލާންކުރުމަށް މިއަދު ބާއްވަން އޮތް ރަސްމިއްޔާތު މާދަމާ އަށް ފަސްކޮށްފި އެވެ.

ސަރުކާރުގެ ކަމާ ގުޅޭ ބައެއް އޮފިޝަލުން ވަނީ އަވަސް އަށް މިކަން ޔަގީންކޮށްދެއްވާފަ އެވެ. އަވަސްއާ ވާހަކަ ދެއްކެވި ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ މިއަދު ބާއްވަން ހަމަޖެއްސި ރަސްމިއްޔާތު މާދަމާ ހެނދުނު ރައީސް އޮފީހުގައި ބާއްވާ ގޮތަށް މިހާރު ނިންމާފައިވާ ކަމަށެވެ.

"ރަސްމިއްޔާތު މާދަމާ އަށް ސީދާ ފަސްކުރި ވަކި ސަބަބެއް ނޭނގޭ. އެކަމަކު މާދަމާ ރަސްމިއްޔާތު އޮންނަކަން އެއީ ރަނގަޅު ވާހަކައެއް،" އޭނާ ވިދާޅުވި އެވެ.
އިންޓަނެޓް އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ވައުދެވެ.

އެނގިފައިވާ ގޮތުގައި ސަރުކާރުން އިންޓަނެޓުގެ އަގަށް ބަދަލު ގެނައުމާއެކު އެވްރެޖުކޮށް ޖީބީއެއްގެ އަގު 5ރ. އަށް ވެއްޓިގެން ދާނެ އެވެ. އެއީ އެވްރެޖުކޮށް މިހާރު އިންޓަނެޓު ހުރި ވަރަށް ވުރެ 20 ޕަސެންޓު ވަރު ހެޔޮ އަގެކެވެ.

އިންޓަނެޓުގެ އަގަށް ގެންނަ ބަދަލާއެކު 5 އެމްބީޕީއެސްގެ ސްޕީޑުގައި 250ރ. އަށް 30 ޖީބެއް ލިބޭނެ އެވެ. އަދި ޖީބީ ހުސްވުމުން އިންޓަނެޓު ލިބޭނެ ސްޕީޑް ނުވަތަ ތްރޮޓުލް ސްޕީޑަކީ 2 އެމްބީޕީއެސް އެވެ. އަދި 15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރ. އަށް 100 ޖީބީ ލިބޭނެ އެވެ. އަދި ތްރޮޓުލް ސްޕީޑަކީ 5 އެމްބީޕީއެސް އެވެ. މީގެ އިތުރުން 25 އެމްބީޕީއެސްގެ ސްޕީޑުގައި 750ރ. އަށް 25 ޖީބީ ލިބޭނެ އެވެ. އަދި ތްރޮޓުލް ސްޕީޑަކީ 5 އެމްބީޕީއެސް އެވެ.

ސަރުކާރުން އިންޓަނެޓުގެ އަގު ހެޔޮކުރުމާއެކު އެންމެ ބޮޑަށް ހެޔޮ ވެގެންދާނީ ފިކްސް ބްރޯޑްބޭންޑުގެ އަގުތައް ކަމަށް އެނގިފައިވެ އެވެ.

އިންޓަނެޓުގެ އަގަށް ގެންނަ ބަދަލު ސަރުކާރުން ވަނީ އޮޕަރޭޓަރުންނާ ހިއްސާކޮށްފަ އެވެ. އަދި އިންޓަނެޓުގެ އަގު ހެޔޮ ކުރުމުގެ ބަދަލެއްގެ ގޮތުން އޮޕަރޭޓަރުންނަށް ބައެއް ލުއިތައް ދޭން ވެސް ވަނީ ހުށަހަޅާފަ އެވެ. އެ ލުއިތަކުގެ ތެރޭގައި ރަށްރަށުން އޮޕަރޭޓަރުންނަށް ދޫކޮށްފައިވާ ބިންތަކުގެ އަގު ހެޔޮ ކުރުން ހިމެނެ އެވެ. މިހާރު ރާއްޖޭގެ މޯބައިލް އޮޕަރޭޓަރުންނަށް އެކި ރަށްރަށުން ޓަވަރު ޖެހުން ފަދަ ކަންކަމަށް ބިން ދޫކޮށްފައިވަނީ އެކި އަގު ތަކުގަ އެވެ.

ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ދެނީ ދިރާގާއި އުރީދޫ އަދި އާރުއޯއެލް އިންނެވެ. އިންޓަނެޓުގެ އަގު ހެޔޮ ނުވުމުގެ މައްސަލާގައި ސަރުކާރަށް ގިނަ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.

އިންޓަނެޓުގެ އަގު ހެޔޮ ކުރަން ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ގިނަ މަސައްކަތް ތަކެއް ކުރެއްވި އެވެ. ނަމަވެސް މިނިސްޓަރު ކަމުން މަލީހް ވަކިކުރި އިރުވެސް އެކަން އޮތީ ނުވެ އެވެ. އޭގެފަހުން ސަރުކާރުން އަލަށް ހަމަޖެއްސެވި މިނިސްޓަރު އައިމިނަތު ޝައުނާ ވެސް ވަނީ އިންޓަނެޓުގެ އަގު ހެޔޮކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ގިރިބައްތި

ކޮބާ އަގުހެޔޮ ކުރި އިންޓަނެޓް

ހަޤީޤަތް

"5 އެމްބީޕީއެސްގެ ސްޕީޑުގައި 250ރ. އަށް 30 ޖީބެއް ލިބޭނެ އެވެ" މިވީ ގޮތް ބަލަމާ. މިހާރު 350 ރު އަށް ލިބެނީ 40ޖީބީ. 10ޖީބީ މަދުމިވީ 100 ރުފިޔާ ވެސް މަދުވީޔޯ. އެކަމް ދުވާލަކަށް ޖީބީ އެއް ނުވާނެ ކަން ސްމާޓު އާލާތް ގެންގުޅޭ އެންމެން ވެސްދަނޭ. ދެން މިޖެނީ މިގޮތަށް ހަދަން. "15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރ. އަށް 100 ޖީބީ ލިބޭނެ އެވެ." ކޮންތާކު މިޖެހުނީ 150 ރުފިޔާ އިތުރަށް ދައްކަން މިޖެހެނީ އިތުރަށް ނުލިބޭ ލާރިޔަކަށް. ސޮޕީޑުގެ ވާހަކަ ނުދައްކަމާ، މިހާރުވެސް ވަންއެމްބީޕީއެސް އޯ އެކަމް ކޭބީއެއްވެސް ނުލިބޭތީތާ އޮންލައިން ކުލާސް ރޫމަށް ނުވަދެވިގެން މިތިބެނޭ، މަހު ފަތައް ދިޔާމާ، އަހަތރެމެން ހީކުރީ 250 ރުފިޔާ ދައްކައިގެން 250ޖީބީ ލިބޭނެ ކަމަށް. އޭރުންތާ 5 ރުފިޔާ އަށް ޖީބީ ގަނޑެއްވެސް ޖެހޭނީ.

ހަސަނުގ

250ރ 250ޖީބީ ލިބެންޏާ އެއީ މަރެއްނު. އެކަމު އޭރުން 1ރ އަށް ޖީބީ އެއް އެވަނީ. ހިސާބު ރަނގަޅެއް ނޫން.

ހަސަނުގ

މިޔަށް ފާރަލައިގެން ނޫސް ބަލަން މިއޮތީ. ކިހާ ހެވެއް ވޭތޯ. ދެން އަދި އެއްދުވަހަށް ބަލަމާ. ދެން މިއިލާނަށް އަމަލު ކުރުން އޮންނާނީ ކިހާތާކު ބާއޭވެސް ހިތައް އަރާ. ކެކެ

އަސްލު

750 ރުފިޔާ އަށް 25 ޖީބީ ލިބޭވާހަކަ ކިޔާތާ 2 ދުވަސްވީ. 30 ރުފިޔާ އަށް ޖީބީ އެއް ދޯ

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910