ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފިނޭންސް މިނިސްޓްރީ

ދައުލަތުގެ އިދާރާތަކުގެ އިތުރުގަޑިއާގުޅޭ އޮޑިޓެއް ހަދަނީ

May 24, 2021
4
ކޮވިޑް-19 ގެ ބަލި މީހުން ދެނެގަތުމަށްޓަކައި ރެންޑަމް ސާމްޕަލް ނަގަނީ -- ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
100%
0%
0%

ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ އިދާރާތަކުގެ އިތުރުގަޑިއާގުޅޭ އޮޑިޓެއް ހަދަން ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ދައުލަތުގެ އިދާރާތަކުގެ އޮޑިޓެއް ހެދުމުގެ ގޮތުން އެކަންކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފަ އެވެ.

ކޮވިޑް-19 ގެ ބަލިން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކާއެކު ސަރުކާރުގެ އޮފީސްތައް ބަންދުކޮށް މަސައްކަތް ކުރަމުން ދަނީ ގޭގަ އެވެ. އަދި މިގޮތަށް ގޭގައި ތިބޭއިރު ބައެއް އޮފީސްތަކުގެ މުވައްޒަފުން އިތުރު ގަޑީގައި މަސައްކަތް ކުރެ އެވެ. ނަމަވެސް މުވައްޒަފުންގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ބެލޭނެ ނިޒާމެއް ރާއްޖެއަކު ނެތެވެ.

މި ހާލަތުގައި ފްރަންޓް ލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ސަރުކާރުން ދަނީ އެލަވަންސެއް ދެމުންނެވެ. ފްރަންޓްލައިންގައި މަސައްކަތް ކުރާ 11,625 މުވައްޒަފުންނަށް މިހާތަނަށް 148.27 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345