ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ތިން މަހަށްފަހު ކޮވިޑުގެ ހަރަދުތައް ހާމަކޮށްފި

ތިން މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ކޮވިޑް-19 އަށް ކުރަމުންދާ ހަރަދުތައް ހާމަ ކުރަން ފަށައިފި އެވެ.

ކޮވިޑް-19 ގެ ބަލި ރާއްޖޭން ފެނުމާއެކު ކޮންމެ ހަފުތާއަކު އެއް ފަހަރު "ވީކްލީ ކޮވިޑް-19 ސްޕެންޑިން ރިޕޯޓެއް" ފިނޭންސް މިނިސްޓްރީން ދިޔައީ ހާމަ ކުރަމުންނެވެ. ނަމަވެސް އެންމެ ފަހުން މި ހިސާބުތައް ހާމަކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 28 ވަނަ ދުވަހު އެވެ. އަދި އޭގެފަހުން މި ހިސާބުތައް ފިނޭންސް މިނިސްޓްރީން ހާމަ ކުރަމުން ގޮސްފައެއް ނުވެ އެވެ.

ނަމަވެސް ތިން މަސް ދުވަހުގެ މެދުކެނޑުމަށްފަހު ފިނޭންސް މިނިސްޓްރީން ވަނީ ކޮވިޑް-19 ގެ ސްޕެންޑިން ހާމަ ކުރަން ފަށާފަ އެވެ. އެކަމަކު މިފަހަރު ހާމަކޮށްފައިވަނީ 2020 އިން ފެށިގެން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ނިޔަލަށް މި ބައްޔަށް ހަރަދުކޮށްފައިވާ ގޮތުގެ ހިސާބުތަކެވެ. މި ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް ހަތަރު ބިލިއަން ރުފިޔާ ވަނީ ދައުލަތުގެ ބަޖެޓުން މި ބަލި ކޮންޓްރޯލް ކުރަން ހަރަދުކޮށްފަ އެވެ.