މިނިސްޓަރު އޮފް ހެލްތުގެ ނައިބުގެ މަގާމަށް މ. ސަނީކޯސްޓް ޝަމާއު ޝަރީފް މިއަދު އައްޔަންް ކުރައްވައިފި އެވެ.
ޝަމާއު ޝަރީފަކީ ސްރީލަންކާގެ އެމެރިކަން ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަން އިން ޑިޕްލޮމާއިން ސައިކޮލޮޖީ އާއި ސްރީލަންކާގެ އެމެރިކަން ނެޝަނަލް ކޮލެޖްއިން އެޑްވާންސް ޑިޕްލޮމާ އިން ކައުންސިލިންގް ސައިކޮލޮޖީ ހާސިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.
މި މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން އެންމެ ފަހުން ޝަމާއު ޝަރީފު އަދާކުރައްވާފައިވަނީ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަމުގެ މަގާމެވެ. މީގެ އިތުރުން ލޯކަލް ގަވާންމަންޓް އޮތޯރިޓީގެ ބޯޑު މެންބަރުކަމާއި މާލެ ސިޓީގެ ކައުންސިލް މެންބަރުކަން ވެސް ޝަމާއު ވަނީ އަދާކުރައްވާފައެވެ.