އޭދަފުށި

އޭދަފުށީގައި ބާބެކިއު ހަދަން އުޅުނު މީހަކު ފިހިއްޖެ

Nov 11, 2015
1

ބ. އޭދަފުށީގައި ރޭ ބާބެކިއު ހަދަން އުޅެނިކޮށް މީހަކު ފިހިއްޖެ އެވެ.

ބާބެކިއު ހެދުމުގެ ތެރޭގައި ހިނގި އަލިފާނުގެ ހާދިސާގައި މޫނާއި މޭމަތީގެ ބައެއް ފިހުނީ އޭދަފުށީ ދެކުނުގޭ، އަލީ މަފާޒު 19، އެވެ.

މަފާޒަށް އޭދަފުށީގަ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. މަަފާޒުގެ މޫނު މަތީގައި އަލިފާން ރޯވި ވަގުތު އަލިފާންގަނޑު ނިއްވާލީ އޭނާއާއެކު ބާބެކިއު ހަދަން އުޅުނު އެހެން މީހުންނެވެ.

މިހާދިސާ ހިނގި އިރު މީގެ ހަތަރު ދުވަސް ކުރިން އޭދަފުށީގެ ގެއެއްގެ ސިޑިން އަންހެނަކު ވެއްޓި ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ.