ހަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް މާދަމާ ރޭ ރަސްމީކޮށް އިފްތިތާހު ކުރަނީ

Jan 14, 2015

ހުޅުމާލޭ ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް މާދަމާ ރޭ އިފްތިތާހު ކުރަން ނިންމައިފި އެވެ.

އެ މަސައްކަތް ރަސްމީކޮށް އިފްތިތާހު ކުރަން ނިންމާފައިވަނީ މާދަމާ ރޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ހަފުލާއެއްގަ އެވެ. އެނގިފައިވާ ގޮތުގައި އެ ހަފުލާގައި ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

އެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް މިހަފުތާ ކުރީކޮޅު ވަނީ ނުރަސްމީކޮށް ފަށައިފަ އެވެ. ބެލްޖިއަމް ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ ފިޔަވަހީގެ ދަށުން 240 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.