މަދިރި އާލާވުން އިތުރުވެފައި ވާތީ މާލޭގެ އެކި ސަރަހައްދުތައް ފޮގް ކުރަން ސިޓީ ކައުންސިލުން ފަށައިފި އެވެ.
ވިއްސާރަވުމުގެ ސަބަބުން މަދިރި އާލާވުން ގިނަވެފައިވާތީ މިދިޔަ ހޯމަ ދުވަހު ވަނީ ސިޓީގެ ވިލިމާލެ ވެސް ފޮގްކޮށްފަ އެވެ. މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މިހާރު މާލެތެރެ ފޮގް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މަދިރި އާލާވާ ތަންތަން ނައްތާލުމުގެ ގޮތުން ކޮންސްޓްރަކްޝަން ސައިޓުތަކުގައި ފެން ހުރިތަންތަން ބެލުމަށް ފަހު އެތަންތަނަށް މަދިރި ބޭސް އެޅުމުގެ މަސައްކަތް ވެސް މިއަދުން ފެށިގެން ކުރިއަށް ދާނެ އެވެ.
މޭޔަރު އިސްވެ ހުންނަވައި ކައުންސިލުން ވަނީ މާލޭގައި ގިނައިން މީހުން ޖަމާވާ މަގުތައް ދޮވެ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ވެސް ފަށާފަ އެވެ. އެގޮތުން ހުރިހާ މާރުކޭޓުތައް ކައިރި އާއި ފެރީ ޓަމިނަލްތައް އަދި މަގުތަކުގެ ތެރެއިން އައިޖީއެމްއެޗް ހުންނަ ކަނބާ އައިސާރަނި ހިނގުން ދޮންނާނެ އެވެ.