އެމްއެންޑީއެފް

ހުދުރަންފުށީ ނެރުމައްޗަށް ދޯންޏެއް އުރިއްޖެ

May 26, 2021

އަށް މީހުނާއެކު ދަތުރު ކުރި މުދާ އުފުލާ ދޯންޏެއް ކ. ހުދުރަންފުށި ރިސޯޓުގެ ނެރުމައްޗަށް އުރިއްޖެ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

ސިފައިންގެއިން ބުނީ މުދާ އުފުލާ "ދިރުން" ދޯނި އުރުނު ހާދިސާ ހިނގިއިރު ދިވެއްސަކާ ހަތް ބިދޭސީން ތިބި ކަމަށާއި 93 ފޫޓުގެ އެ ދޯންޏަށް ވެސް ގެއްލުމެއް ނުލިބޭ ކަމަށެވެ.

މި ހާދިސާ ހިނގާފައި ވަނީ ހެނދުނު 10:20 ހާއިރު އެވެ. ސިފައިނުންގެ އެހީގައި ދޯނި މިހާރު ވަނީ ފުންކޮށްފަ އެވެ.