ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި މިއަދު ދެވަނަ މީހަކު މަރުވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އިތުރު މީހަކު މަރުވެއްޖެ އެވެ.

މިއީ މިއަދުގެ ދެވަނަ މަރެވެ. މެންދުރު 2:35 ގައި މަރުވެފައިވަނީ އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ.

މިއީ ރާއްޖޭގެ 146 ވަނަ ކޮވިޑް މަރެވެ. މިއީ މި މަހުގެ 73 ވަނަ މަރެވެ.

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ އައްޑޫ މީހަކުވެސް މިއަދު ވަނީ މަރުވެފައެވެ.

ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވެފައި ވަނީ އުމުރުން 91 އަހަރުގެ ފިރިހެނެކެވެ. އެ މީހާ މަރުވެފައި ވަނީ މިއަދު 10:20 ހާއިރު އައްޑޫ ކޮވިޑް އެމަޖެންސީ ފެސިލިޓީފައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

އައްޑޫ އިން މިދިޔަ ހޯމަ ދުވަހު ވެސް ވަނީ 83 އަހަރުގެ ފިރިހެނެއް މަރުވެފަ އެވެ. މިޔާއެކު އައްޑޫ އިން ކޮވިޑް ޖެހިގެން ދެ މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ.