ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ތިންވަނަ މަރު، ކޮވިޑް މަރު 147 އަށް

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އިތުރު މީހަކު މަރުވެއްޖެ އެވެ.

މިއީ މިއަދުގެ ތިންވަނަ މަރެވެ. މިއަދު އިރުއޮއްސި 7:21 ގައި މަރުވެފައި ވަނީ 77 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭގެ ކުރިން މެންދުރު 2:35 ގައި އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނަކު ވެސް މަރުވި އެވެ. މި ދެ މީހުން މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ.

މިއީ ރާއްޖޭގެ 147 ވަނަ ކޮވިޑް މަރެވެ. އަދި މިއީ މި މަހުގެ 74 ވަނަ މަރެވެ.

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ އައްޑޫ މީހަކު ވެސް މިއަދު ވަނީ މަރުވެފަ އެވެ. އެއީ އެ އަތޮޅުގެ ކޮން ރަށެއްގެ މީހެއް ކަމެއް ސާފެއް ނުވެއެވެ. އެއަތޮޅުން ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވެފައި ވަނީ އުމުރުން 91 އަހަރުގެ ފިރިހެނެކެވެ. އެ މީހާ މަރުވެފައި ވަނީ މިއަދު 10:20 ހާއިރު އައްޑޫ ކޮވިޑް އެމަޖެންސީ ފެސިލިޓީފައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

އައްޑޫން މިދިޔަ ހޯމަ ދުވަހު ވެސް ވަނީ 83 އަހަރުގެ ފިރިހެނެއް މަރުވެފަ އެވެ.