ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާލޭ ސިޓީ ކައުންސިލް

އެޗްއީއޯސީގައި ކޯލުތަކަށް ޖަވާބުދޭން އަންހެނުންގެ ކޮމިޓީ މެންބަރުން

ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ކޯލް ސެންޓަރުގައި ކޯލްތަކަށް ޖަވާބުދޭން މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން ބައިވެރިވާން ފަށައިފި އެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކޮވިޑްގެ ހާލަތުން މާލޭގެ ރައްޔިތުން ސަލާމަތް ކުރުމުގައި އެހީތެރިވެދިނުމުގެ ގޮތުން މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން މިއަދުން ފެށިގެން އެޗްއީއޯސީގެ ކޯލް ސެންޓަރުގައި ކޯލްްތަކަށް ޖަވާބުދިނުމުގައި ހަރަަކާތްތެރިވާނެ ކަމަށެވެ.

ސިޓީ ކައުންސިލުން ވަނީ ހެލްތް މިނިސްޓަރު އަހްމަދު ނަސީމާ ބައްދަލު ކުރައްވާ ކޮވިޑް މެނޭޖްކުރުމުގައި ސިޓީ ކައުންސިލަށް ވެދެވިދާނެ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާ ކޮށްފަ އެވެ. އެ މަޝްވަރާތަކަށް ފަހު މާލެ ސިޓީގައި ތިބި ވެކްސިން ޖަހަން ޖެހޭ އާބާދީގެ ހައިރިސްކު މީހުން ދެނެގަނެ އެ މީހުންނާ ގުޅޭނެ ގޮތެއް ހޯދުން ވަނީ ކައުންސިލާ ހަވާލުކޮށްފަ އެވެ.

ހެލްތް މިނިސްޓްރީން ބުނީ ވެކްސިން ނުޖަހާ ދޮށީ އުމުރުގެ 2،000 އަށް ވުރެ ގިނަ މީހުން މާލޭގެ ރަށްވެހިންގެ ތެރޭގައި ހިމެނޭ ކަމަށެވެ.

އެޗްއީއޯސީގެ ކޯލް ސެންޓަރުން ފޯނު ނުނެގުމުގެ މައްސަލަ އަކީ ވަރަށް ބޮޑު މައްސަލަ އެެކެވެ. އެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުންދާ ކަމަށް ދާދި ފަހުންވެސް އެ ސެންޓަރުން ވަނީ ބުނެފަ އެވެ.

ކޮވިޑްގެ ބަލި މީހުންނާ ގުޅޭ މައުލޫމާތު ހޯދުމަށާއި ކަރަންޓީން ކުރާ ގޭގޭގައި ހަރުކުރާ އިއުލާނު މުއްދަތު ހަމަވާއިރު ނުނަގާ މައްސަލަތަކާއި އަދި އެކި މައުލޫމާތުތައް ހޯދުމަށް ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު ފޯނު ކުރެ އެވެ.

މީގެ ކުރިން ބޭއްވި ބައެއް ނޫސްވެރިންގެ ބައްދަލްވުންތަކުގައި ކޯލްތަކަށް ޖަވާބުދެވޭ މިންވަރުވެސް އެޗްއީއޯސީން ހާމަކުރެ އެވެ.