މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިންގައި ބޮޑެތި ގެއްލުން ތަކެއް ލިބިއްޖެ އެވެ.
އަލިފާނުގެ މި ނުރައްކާތެރި ހާދިސާ ހިންގާފައިވަނީ މއ.މޯނިންވިއުގަ އެވެ. އަލިފާން ރޯވި ފްލޯގައި އެވަގުތު ތިން މީހަކު ތިބި ކަމަށާއި އެމީހުން އެވަގުތު އެތަނުން ނިކުންނަން އުޅުމުގެ ތެރޭގައި ކުދިކުދި އަނިޔާތަކެއް ލިބުނު ކަމަށް ސިފައިންގެއިން ބުނެ އެވެ. އެމީހުން މިހާރު ވަނީ ޖެހިގެން ހުރި އިމާރާތައް ގެންގޮސްފަ އެވެ.
އެނގިފައިވާ ގޮތުގައި އަލިފާނުގެ މި ނުރައްކާތެރި ހާދިސާ ހިންގާފައިވަނީ މިރޭ ފަތިހު 5:00 އެހާއިރު އެވެ. އަދި ސިފައިންގެ ފަޔާ އެންޑް ރެސްކިއު އިން ވަނީ މި އަލިފާންގަނޑު ނިއްވާލާފަ އެވެ. އަލިފާން ކޮންޓްރޯލް ވެފައިވަނީ ގަޑިއެއްއިރު ފަހުންނެވެ.
އަލިިފާން ރޯވެފައިވަނީ މި ގޭގެ މަތީގައި ޓިނުން ހަދާފައިވާ ބައެއްގަ އެވެ. ސިފައިން ބުނީ މޯނިންގްވިއުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލާފައިވާ ކަމަށެވެ. ނަމަވެސް އަލިފާން ރޯވި ސަބަބެއް އަދި ނޭނގެ އެވެ.