ރެޑްވޭވް

ކާފިއު ގަޑީގައި ރެޑްވޭވުން ޑެލިވަރީކޮށްދޭނެ

ރެޑްވޭވްގެ ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކާފިއު ގަޑީގައި ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް މިއަދު ފަށައިފި އެވެ.

ރެޑްވޭވުން ބުނީ މާލެ އަދި ހުޅުމާލޭގައި ޑެލިވަރީގެ ހިދުމަތް ކޮށްދޭނެ ކަމަށެވެ. ތަކެތި އޯޑަރު ކުރަން ބޭނުންވާ ކަސްޓަމަރުން ރެޑްވޭވްގެ އޯޑަރު ލިންކަށް ލިސްޓް ފޮނުވައިގެން އޯޑަރުކުރެވޭނެ އެވެ.

ކަސްޓަމަރުން ބޭނުންނަމަ ވައިބާ މެސެޖެއް މެދުވެރިކޮށް ވެސް އޯޑަރު ދެވިދާނެ ކަމަށް ރެޑްވޭވުން ބުނެ އެވެ. ރެޑްވޭވްގެ ހުރިހާ ފިހާރައަކުން ވެސް ޑެލިވަރީގެ ހިދުމަތް ދޭނެ އެވެ.

ރެޑްވޭވްގެ ވައިބާ ނަންބަރުތައް

  • ރެޑްވޭވް ޕްލާޒާ (މައްޗަންގޯޅި) - 9116613
  • ރެޑްވޭވް ޒޯން (މާފަންނު) - 9193302
  • ރެޑްވޭވް މާރޓް (ހެންވޭރު) - 9694499
  • ރެޑްވޭވް މެގަމޯ (ހުޅުމާލެ) - 9193399
  • ސިޓީސްކެއަރގެ (ހުޅުމާލެ) - 9636019

ވައިބާ އިން ލިސްފޮނުވާއިރު އެންމެ ފުރަތަމަ ކަސްޓަމަރުގެ ނަމާއި، ފޯނު ނަންބަރު އަދި ޑެލިވަރީ ކުރާނެ އެޑްރެސް ޖަހަން ޖެހޭނެ އެވެ. އެއަށްފަހު ފައިސާ ދައްކަން ބޭނުންވަނީ ޓްރާންސްފާ މެދުވެރިކޮށްތޯ ނުވަނަ ކޭޝްކޮށްތޯ ލިޔަންވާނެ ކަމަށް ރެޑްވޭވުން ބުނެ އެވެ. މި މައުލޫމާތުތައް ރަގަޅަށް ފުރިހަމަ ކުރުމަށްފަހު ލިސްޓް ފޮނުވުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުންވެސް ރެޑްވޭވްގެ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް އޯޑަރު ކުރެވޭނެ އެވެ. އަދި މިހުރިހާ އޯޑަރުތައް ދޯނިފަހަރާއި ބޯޓުތަކަށް އަދި ފެރީތަކާ ހަމައަށް ވެސް ޑެލިވަރީ ކޮށްދޭނެ ކަމަށް ރެޑްވޭވުން ބުންޏެވެ.

އެކުންފުނީގެ އަމާޒަކީ ރެޑްވޭވްގެ ކޮންމެ ފިހާރައަކުން ވެސް 24 ގަޑިއިރުގެ ތެރޭ 100 އޯޑަރު ޑެލިވަރީ ކޮށްދީ، 16:00ގެ ކުރިން އަންނަ ކޮންމެ އޯޑަރެއް ދުވަހުން ދުވަހަށް ޑެލިވަރީ ކޮށްދިނުމެވެ. މިގޮތުން ހެނދުނު 8:00 އިން ރޭގަނޑު 23:00 އަށް ޑެލިވަރީގެ ހިދުމަތް ކުރިއަށް ދާނެ އެވެ.