ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި 54 އަހަރުގެ ދިވެއްސަކު މަރުވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އިތުރު މީހަކު މަރުވެއްޖެ އެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ އުމުރުން 54 އަހަރުގެ ދިވެހި ފިިރިހެނެކެވެ. މިއީ ރާއްޖޭގެ 152 ވަނަ ކޮވިޑް މަރެވެ.

ބުރާސްފަތި ދުވަހު ތިން މީހަކު ވަނީ ކޮވިޑްގައި މަރުވެފައެވެ.

މިރޭ 8:30 ގައި މަރުވެފައިވަނީ އުމުރުން 68 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ގއ. ވިލިގިލީގައި ހުރި އެ އަތޮޅު މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި މީހެކެވެ. އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމުގައި ފަރުވާ ދެމުން ދިޔަ މީހަކު ހެނދުނު 7:55 ހާއިރު މަރުވެފައިވެއެެވެ. އެއީ 79 އަހަރުގެ ފިރިހެނެކެވެ.

އޭގެ ކުރިން މަރުވެފައި ވަނީ 56 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވެފައި ވަނީ ރޭ ދަންވަރު 2:41 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.