ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ބަލީގައި 47 އަހަރުގެ މީހަކު މަރުވެއްޖެ

May 28, 2021

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މަރުވި މީހާ އަކީ ހުޅުމާލޭގެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހެއް ކަމަށެވެ.

އޭނާ މަރުވެފައިވަނީ މިއަދު ހެނދުނު 5:55 ހާއިރު ކަމަށްވެސް އެޗްޕީއޭ އިން ވަނީ މައުލޫމާތު ދީފަ އެވެ.

މިއީ މިއަދު ކޮވިޑް ބަލީގައި މަރުވި ދެވަނަ މީހާ އެވެ. އަދި ކޮވިޑް ބަލީގަައި ރާއްޖެއިން މަރުވި 153 ވަނަ މީހާ އެވެ.

ކޮވިޑް ބަލީގައި މިއަދު މަރުވި ފުރަތަމަ މީހަކީ ވެސް އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް އެ މީހާ މަރުވީ ރޭ 2:15 ހާއިރު އެވެ.

ކޮވިޑް 19ގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވެފައިވާތީ މިދިޔަ ބުދަ ދުވަހުން ފެށިގެން ސަރުކާރުން ވަނީ މާލޭ ސަރަހައްދާއި ކޮވިޑްގެ ހާލަތު އެންމެ ގޯސް ރަށްތަކުގައި ވަރުގަދަ ފިޔަވަޅުތަކެއް އަޅާފަ އެވެ.

ރާއްޖެއިން އިއްޔެ އިތުރު 1،299 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އެ އަދަދާ އެކު ކޮވިޑް ޖެހިފައިވާ މީހުންގެ ރާއްޖޭގެ ނަންބަރު ވަނީ 60،943 އަށް އަރާފަ އެވެ.