ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ވޮލަންޓިއާ މަސައްކަތަށް އެތައް ސަތޭކަ ބަޔަކު ޝައުގުވެރިވެއްޖެ

May 28, 2021

ކޮވިޑް 19ގެ ހާލަތު އިތުރަށް ގޯސްވެފައިވާތީ ވޮލަންޓިއާކޮށް މަސައްކަތް ކުރާނެ މީހުން ހޯދުމަށް ކޮށްފައިވާ އިއުލާނާ ގުޅިގެން އެތައް ސަތޭކަ ބަޔަކު އެ މަސައްކަތަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ ވޮލަންޓްރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި އެތައް ސަތޭކަ ފޯމެއް ލިބިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 1000 ފޯމް މިހާރު ޕްރޮސަސް ކުރަމުންދާ ކަމަށެވެ. އެޗްޕީއޭއިން ވަނީ ވޮލަންޓްރީ ހިދުމަތް ޝައުގުވެރިކަން ފާޅުކުރި އެންމެންނަށް ޝުކުރު އަދާކޮށްފައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެ ކޮވިޑް ކޮންޓްރޯލް ކުރުމަށް ކުރަމުން އައި މަަސައްކަތަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފައެވެ.

ސިއްހީ ހިދުމަތްތެރިން ތިބީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ.