ސައުދީ އަަރަބިއްޔާ

ހަމަލާއާ ގުޅިގެން ހަތީބުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި

އަލް-މަޖިސްދުލް ހަރަމްގަައި މިދިޔަ ހުކުރު ދުވަހު ހުކުރު ނަމާދުގެ ހުތުބާ ކިޔަމުންދިޔަ ވަގުތު ހަތީބަށް ހަމަލާދޭން މަސައްކަތް ކޮށްފައިވާތީ ހަރަމްގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކޮށްފި އެވެ.

ހަރަމްފުޅުގައި މިދިޔަ ހުކުރު ދުވަހު އިމާމުވެ ހުކުރު ކުރެއްވީ ޑރ. ބަންދަރު ބުން އަބްދުލްއަޒީޒު ބަލީލާ އެވެ. ޑރ. ބަންދަރު ހުތުބާ ވިދާޅުވަމުން ގެންދަވަނިކޮށް ސަފުތައް ފަޅަމުން ދުވެފައި އައި މީހަކު ވަނީ ޑރ. ބަންދަރަށް ހަމަލާދޭން ވަނީ މަސައްކަތް ކޮށްފައެވެ. އެ މަަންޒަރު ފެންނަ ވީޑިއޯ ފްޓޭޖްތައް ހަރަމައިނި ޝަރީފައިންގެ ޓްވިޓާ އެކައުންޓުންވެސް ވަނީ އާންމުކޮށްފައެވެ. އިހްރާމްގައި ހުރި އެ މީހާ ހުއްޓުވާފައިވަނީ ސިފައިންނެވެ.

މިއަދުގެ ހުކުރު ވަގުުތު ހަތީބު ހުތުބާ ވިދާޅުވަމުން ގެންދެވިއިރު ވަރަށް ގިނަ އަދަދެއްގެ ސިފައިން ވަނީ ސެކިއުރިޓީގައި ހަރަކާތްތެރިވެފައެވެ.

ހަރަމްގެ ސެކިއުރިޓީ ކަންކަން ބަލަހައްޓަނީ އެކަމަށް ހާއްސަކޮށްފައިވާ ހަރަމްގެ އަމްނާ ބެހޭ ޑިޕާޓްމަންޓުންނެވެ. ހަަރަމްގެ ސެކިއުރިޓީއަށް ހާއްސަ ސިފައިންގެ ބޮޑު ފޯސްއެއް އޮވެއެވެ. އެ ޑިޕާޓްމަންޓުން ބުނީ މިދިޔަ ހަފްތާގެ ހާދިސާއާ ގުޅިގެން ހަތީބުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާ ކަމަށެވެ. އަދި ހުތުބާ ކިޔަން ހަތީބު އަރާ ހުންނަ މިންވަރު ހުންނަ ތަންވެސް ވަނީ ބަދަލުކޮށްފައެވެ. މިހާރު މިންބަރު ބަހައްޓާފައި ހުންނަނީ މަތާފު --ތޮވާފުކުރާ ބައި- ގައެވެ. މިންބަރުގެ ވަށައިގެން އެކި ސަރަހައްދުތަކުގައި ސިފައިން މިއަދު ތިއްބެވެ.