ޓެކްނޯލޮޖީ

އެކްސްބޮކްސް އަދި ބެތެސްޑާ ގޭމްސްގެ ދައްކާލުމެއް

May 29, 2021

ކޮންމެ އަހަރަކުވެސް އެކްސްބޮކްސް އަށް ކުރިއަށް އަންނަން ހުރި ގޭމްތައް ދައްކާލުމަށް ބާއްވާ ޝޯކޭސްގައި މިފަހަރު އެކްސްބޮކްސްއާއި އެކީ ބެތެސްޑާ ގޭމްވެސް ޝޯކޭސްގައި ބައިވެރިވެއްޖެ އެވެ.

މިއީ އެކްސްބޮކްސްއާއި ބެތެސްޑާ ގޭމްސް ޕާރޓްނާޝިޕް ހެދި ފަހުން ބާއްވާ ފުރަތަމަ ޝޯކޭސްއެވެ.

މި ޝޯކޭސްގައި ބެތެސްޑާއާއި ގުޅިގެން އެކްސްބޮކްސްއިން ކުރިއަށް ނެރެންހުރި ގޭމްތަކާއި އެކްސްބޮކްސް ސްޓޫޑިއޯ އިން ނެރޭ ގޭމްތަކުގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން ޑިވެލޮޕަރުން އުފައްދާ ގޭމްތައް ދައްކާލާނެ އެވެ. އަދި އެކްސްބޮކްސްއަށް ގެންނަ ބަދަލުތަކާއި އިތުރު ފީޗާސްތަކުގެ މައުލޫމާތުވެސް އާންމުނަށް ފޯރުކޮށްދޭނެ އެވެ. މީގެތެރޭގައި އެކްސްބޮކްސް ގޭމްޕާސް އަށް ގެންނަ ބަދަލުތައްވެސް ހިމެނެ އެވެ.

މިޝޯކޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 13 ވަނަ ދުވަހު މާލެ ގަޑިން ރޭގަނޑު 10:00 ޖަހާއިރު އެވެ.

ޝޯކޭސް ޓްވިޗް ޓީވީ، ޔޫޓިއުބް، ފޭސްބުކް އަދި ޓްވިޓާ މި ހަރަކާތް ލައިވްކޮށް ބަލައިލެވޭނެ އެވެ.