އައި ކެއާ

އައިކެއަރގެ ހިދުމަތް ޒިޔާރަތްކޮށްގެނާއި އޮންލައިންކޮށް

May 30, 2021

ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވާތީ ކުރިއެކޭވެސް އެއްފަދައިން އައިކެއަރގެ ކޮންސަލްޓޭޝަންތައް އޮންލައިންކޮށް އަދި ޒިޔާރަތްކޮށްގެން ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އައިކެއަރ އިން ބުނިގޮތުގައި ހޮސްޕިޓަލް ދުރުވެ، ފަރުވާ ހޯދުމަށް ދަތިވާ ފަރާތްތަކަށާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި އެ ހޮސްޕިޓަލުގެ ފަރުވާ ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއިއެކު ތަޖުރިބާކާރު ޑޮކްޓަރުންގެ ފަރުވާ އޮންލައިންކޮށް ލިބޭނެ އެވެ.

އައިކެއަރ އިން އަންނަނީ 2020 ވަނަ އަހަރުން ފެށިގެން އެހެނިހެން ހިދުމަތްތަކާއެކު އޮންލައިން ކޮންސަލްޓެންސީގެ ހިދުމަތް ފޯރުކޮށްދެމުންނެވެ. އައިކެއަރއިން ބުނި ގޮތުގައި، އަމާޒަކީ ކޮވިޑްގެ މި ދަނޑިވަޅުގައި ވެސް ކަސްޓަމަރުންނަށް ލޮލުގެ އެކި ފަރުވާ ހޯދުމުގައި ދަތިނުވެ ޑޮކްޓަރަށް ދެއްކުމުގައި ފަސޭހަ ގޮތްތައް ހޯދައިދިނުމެވެ.

އައިކެއަރ އިން އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމަށް 3321026 އަށް ގުޅައިގެން ނުވަތަ 7201026 އަށް ވައިބާ ކޮށްގެން އެޕޮއިންޓްމެންޓް ހެއްދޭނެ އެވެ. އަދި އޮންލައިންކޮށް ފައިސާ ދެއްކުމުން ކޮންސަލްޓޭޝަން މެމޯ ލިބޭނެ އެވެ. އެ ހޮސްޕިޓަލުން އެޕޮއިންޓްމެންޓް ހަމަޖައްސައިދޭ ގަޑިއެއްގައި އޮންލައިންކޮށް ޑޮކްޓަރަށް ފަސޭހަމަކާއެކު ދެއްކޭނެ ކަމަށް އައިކެއަރ އިން ބުންޏެވެ.

އެ ހޮސްޕިޓަލުން އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުން ކުރިއަށްދާނީ ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށެވެ.

ލޮލުގެ ބަލިތަކާއި ބެހޭ އެކިއެކި ފަރުވާ ދިނުމަށް 2003 ވަނަ އަހަރު ހުޅުވި އައިކެއަރ ހޮސްޕިޓަލަކީ މިއަދު ލޮލުގެ އެކި ހިދުމަތްތައް
ފޯރުކޮށްދިނުމުގައި ރާއްޖޭގައި އެންމެ ޔަގީންކަން ބޮޑު ކުންފުންޏެވެ. އަދި މިއީ ލޮލާ ގުޅޭ އެންމެ ފުރިހަމަ ގިނަ ހިދުމަތްތައް ރާއްޖޭގައި ފޯރުކޮށްދޭން ފެށި ފުރަތަމަ ކުންފުނިވެސް މެއެވެ. އޭގެ ތެރޭގައި ނަންބަރު އައިނާއި، އެކި ބްރޭންޑްތަކުގެ ކޮލެޓީ އަވިއައިނާއި، ކޮންޓެކްޓް ލެންސާއި، ލޮލާއި ގުޅުންހުރި އެހެނިހެން ހިދުމަތްތައް އައިކެއަރ އިން ދެމުންގެންދާ ކަން ފާހަގަކޮށްލެވެ އެވެ.