ބޭރު ކުޅިވަރު

ބްލެޓާ އަށް ޝޮކެއް

Nov 12, 2015

ފިކުރުވެ ބޮޑުވެ، ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ފީފާގެ ރައީސް ސެޕް ބްލެޓާ އަށް ޝޮކެއް ޖެހިވަޑައިގެންފި އެވެ.

ނަމަވެސް އޭނާގެ ހާލުރަނގަޅެވެ. އަދި އަންނަ އަންގާރަ ދުވަހާ ހަމައަށް ބްލެޓާ އޮންނަވާނީ ހޮސްޕިޓަލުގަ އެވެ.

އުމުރުން ފުޅުން 79 އަހަރުގެ ބްލެޓާ އަށް ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވެވަޑައިގަންނަވަމުންދަނީ ކޮރަޕްޝަނުގެ ތުހުމަތުގައި ވަގުތީގޮތުން 90 ދުވަހަށް އޭނާ ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައިވަނިކޮށެވެ.

ބްލެޓާ ސަސްޕެންޑްކުރީ 2011 ވަނަ އަހަރު ޔޫއޭފާގެ ރައީސް މިޝޭލް ޕްލެޓިނީ އަށް 1.5 މިލިއަން ޕައުންޑް ދެއްވި ކަމުގެ ތުހުމަތުގަ އެވެ. ނަމަވެސް ބްލެޓާ އާއި ޕްލެޓިނީ ވެސް ވަނީ މިއީ 11 އަހަރު ކުރިން ކުރި މަސައްކަތެއްގެ އުޖޫރަ ކަމަށް ބުނެފަ އެވެ. މި މައްސަލާގައި ޕްލެޓިނީ ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.

1998 ވަނަ އަހަރުން ފެށިގެން ފީފާގެ ރައީސްކަން ކުރައްވަމުން އަންނަ ބްލެޓާ ވަނީ ޖެހިޖެހިގެން ފަސް ވަނަ ދައުރަކަށް ހޮވުނުތާ ތިން ދުވަސް ފަހުން މިދިޔަ ޖޫންގައި މަގާމުން އިސްތިއުފާ ދެއްވައި އަންނަ ފެބްރުއަރީ މަހު އާ ރައީސަކު ހޮވަން އިންތިހާބު ބާއްވަން ނިންމަވާފަ އެވެ. އަދި އެއަށްފަހު އޭނާ ވަނި ފީފާ އިސްލާހު ކުރަން ކޮމިޓީއެއް ނަގައި އިސްލާހީ އެޖެންޑާއެއް ވެސް ހުށަހަޅުއްވައިފަ އެވެ.

ފީފާގެ އާ ރައީސް ކަމަށް ހަތް ބޭފުޅަކު ވަނީ ކުރިމަތިލައްވައިފަ އެވެ. މީގެ ތެރެއިން ޕްލެޓިނީ އަށް ބްލެޓާ އަންނަނ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.