ބްލެކްމެއިލް ކުރުން

ކުޑަކުއްޖަކޫ ބްލެކްމެއިލް ކުރި މީހަކަށް ދައުވާ ކުރަނީ

ސަތާރަ އަހަރުގެ އަންހެން ކުއްޖަކަށް ބްލެކްމެއިލް ކުރި މީހެއްގެ މައްޗަށް ދައުވާ ކުރަން ނިންމައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހު ކަމަށެވެ. އަދި އެ މައްސަލައިގެ ތުހަމަތު ކުރެވޭ މީހާގެ މައްޗަށް ހެއްކާއި ގަރީނާ މިހާރު ހޯދައިފައިވާ ކަމަށެވެ.

އެ މައްސަލައިގައި ތުހުމަތު ކުރެވެނީ 23 އަހަރުގެ ދިވެހި ފިރިހެނަކަ ށެވެ. އޭނާގެ މައްޗަށް ދައުވާކުރަން ޕްރޮސިއުޓާ ޖެނެރަލް އޮފީހަށް ފޮނުވުމަށް ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

ކުޑަ ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކޮށް ބޭނުންުވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތައް އަޅައިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ބްލެކްމެއިލް ކުރުމަކީ ޖިނާއީ ބޮޑު ކުށެކެވެ.