މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އިންޑިއާ ފެރީގެ ދަތުރުތައް އޮވޭ: އެމްޕީއެލް

އިންޑިއާ އާއި ރާއްޖެއާ ދެމެދު މިދިޔަ އަހަރު ފަށާފައިވާ ކާގޯ ފެރީގެ ހިދުމަތް މެދުކެނޑިފައި ނުވާ ކަމަށާއި މިހާރު ވެސް ދަތުރުތައް ކުރިޔަށް ދާ ކަމަށް އެމްޕީއެލް އިން ބުނެފި އެވެ.

"ކޮޗިން ފެރީ" ގެ ނަމުގައި އިންޑިއާ ފެރީގެ ހިދުމަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. ނަމަވެސް އެ ފެރީގެ ހިދުމަތް މިހާރު މެދުކެނޑިފައިވާ ކަމަށް އަޑުތައް ފެތުރިފައިވެ އެވެ.

އެމްޕީއެލް އިން ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މުދާ ކޮންޓެއިނަރުތައް އިންޑިއާ ފެރީއިން އުފުލާ ކަމަށާއި ކޮންމެ މަހަކު އެއްފަހަރު ނުވަތަ ދެ ފަހަރު އެ ފެރީ ރާއްޖެ އަންނަ ކަމަށެވެ.

އެމްޕީއެލުން ބުނީ މިދިއަ ތިން މަހު ވެސް 309 ކޮންޓެއިނަރު އެކި ބަނދަރުތަކަށް ބާލައި ލޯޑްކޮށްފައިވާއިރު 2624.47 ފްރެއިޓް ޓަނުގެ ޖެނެރަލް ކާގޯ ރާއްޖެ ގެނެސްފައިވާ ކަމަށެވެ.