މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ޖޫން މަހު ރާއްޖެ އެތެރެކުރި ކޮންޓޭނަރުގެ އަދަދު ދަށަށް

އެމްޕީއެލް ސަރަހައްދު -- ފޮޓޯ: އަވަސް
0%
0%
0%

މިދިޔަ ޖޫން މަހު ރާއްޖެ އެތެރެކުރި ކޮންޓޭނަރުގެ އަދަދު ކުރީ މަހަށްވުރެ 14 އިންސައްތަ ދަށަށް ގޮސްފި އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖޫން މަހު 4،400 ކޮންޓޭނަރު ވަނީ އެތެރެކޮށްފަ އެވެ. އަދި އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 147 ކޮންޓޭނަރު ޖޫން މަހު އެތެރެކޮށްފައިވެ އެވެ. މިދިޔަ މޭ މަހު 5،273 ކޮންޓޭނަރު އެތެރެކޮށްފައިވާއިރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 170 ކޮންޓޭނަރު މެއި މަހު އެތެރެކޮށްފައިވެ އެވެ.

މިދިޔަ މަހު އެތެރެކޮށްފައިވާ އަވަހަށް ހަލާކުވާ ބާވަތުގެ މުދާތަކުގެ އަދަދުވެސް ވަނީ މޭ މަހަށްވުރެ ދަށަށް ގޮސްފަ އެވެ.

ޖޫންގައި އެތެރެކުރި އަވަހަށް ހަލާކުވާ ބާވަތުގެ މުދާ:

  • ކަރާ - 16 އިންސައްތަ ދަށަށް ދިޔަ
  • ދޮންކެޔޮ - 18 އިންސައްތަ ދަށަށް ދިޔަ
  • ބަރަބޯ - 2 އިންސައްތަ ދަށަށް ދިޔަ
  • އަލަނާސި - 13 އިންސައްތަ ދަށަށް ދިޔަ
  • ޓޮމާޓޯ - 28 އިންސައްތަ ދަށަށް ދިޔަ
  • އަލުވި - 11 އިންސައްތަ ދަށަށް ދިޔަ
  • ފިޔާ - 16 އިންސައްތަ މަތި ދިޔަ
  • ކެބެޖް - 8 އިންސައްތަ ދަށަށް ދިޔަ
  • ބިސް - 3 އިންސައްތަ ދަށަށް ދިޔަ

މިދިޔަ ޖޫން މަހު 16 ކޮންޓޭނާރު ބޯޓު ރާއްޖެ އައިސްފައިވާ ކަމަށްވެސް ތަފާސްހިސާބުން ދައްކަ އެވެ. މިދިޔަ މެއި މަހު 18 ކޮންޓޭނަރު ބޯޓު ރާއްޖެ އައިސްފައި ވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910