ދިޝާ ޕަޓްނީ

ދިޝާ ޕަޓްނީގެ ބުޅާ ލޯބި!

ބޮލީވުޑް އެކްޓަރުންގެ ތެރެއިން ގިނަ މީހުންނަކީ ޖަނަވާރުންނަށް ވަރަށް ލޯބިކުރާ އަދި އޮޅު ކޮށްގެން ޖަނަވާރުން ގެންގުޅޭ ބައެކެވެ. މީގެ ތެރެއިން ގިނަ ފިލްމީ ތަރިން އޮޅުކޮށްގެން ގެންގުޅެނީ ކުއްތާއެވެ. ނަމަވެސް ދިޝާ ޕަޓްނީ އެއާ މުޅިން ތަފާތެވެ. ދިޝާ ލޯބި ވަނީ ބުޅާ ދެކެ އެވެ. އަދި އޭނާ އޮޅުކޮށްގެން ގެންގުޅެނީ ވެސް ބުޅަލެވެ.

"މަލަންގް" ގެ ބަތަލާ ވަރަށް ގިނައިން އޭނާގެ ލޯބި ލޯބި ދެ ބުޅާ ކަމަށްވާ ޖޭސްމީން އާއި ކީޓީ އާއެކު ނަގާފައި ހުންނަ ފޮޓޯތައް އިންސްޓަގްރާމްގައި ޝެއާ ކުރެ އެވެ.

މި ފޮޓޯތަކުގައި ދިޝާ އެ ބުޅާތައް އުރާލައިގެން ހުންނަލެއް ލޯބި ކަމުން ވެސް ބުޅާތައް ދެކެ އޭނާ ލޯބިވާ މިންވަރު ހާމަވެ އެވެ.

ފިލްމީ ރޮނގުން ބަލާއިރު ދިޝާ އެންމެ ފަހުން ކުޅުނު "ރާދޭ" މިހާރު ވަނީ އޯޓީޓީ ޕްލެޓްފޯމް ގައާއި ބައެއް މަދު ސިނަމާތަކެއްގައި ރިލީޒް ކޮށްފަ އެވެ. މިދިޔަ ފިތުރު އީދު ދުވަހު ރިލިޒްކުރި މި ފިލްމުގެ ބަތަލަކީ ސަލްމާން ޚާނެވެ. ދިޝާ ދެން އެންމެ އަވަހަށް ފެންނަނީ އެކްތާ ކަޕޫރު ޕްރޮޑިއުސްކުރާ "ކޭޓީނާ" އިންނެވެ.