ހަބަރު

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

Jan 14, 2015

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އުމުރުން 25 އަހަރުގެ އެ މީހާ ހައްޔަރު ކުރީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހެނދުނު ކަމަށާއި އޭނާ ހައްޔަރު ކުރީ ހުޅުމާލެ ފްލެޓް 01-1-131 އެޕާރޓްމަންޓުގެ ކޮޓަރިއަކުން ކަމަށެވެ.  

އޭނާގެ އަތުން މަސްތުވާތެކެތި ހުރި 75 ސެލޯފިންކޮޅާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައިހުރި ފިލްމު ހުސްކުރި 14 ދަޅާއި ބަނގުރާ ހުސްކޮށްފައިވާ ތިން ފުޅީގެ އިތުރުން މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރެވިދާނެ ބައެއް އާލާތްތަކާއި ފައިސާ ފެނިފައިވެއެވެ.