ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ރާއްޖޭގެ ކޮވިޑް މަރު 160 އަށް

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އިތުރު މީހަކު މަރުވެއްޖެ އެވެ. މިއީ މިއަދުގެ ދެވަނަ މަރެވެ.

މިއަދު 3:39 ގައި މަރުވީ އުމުރުން 562 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ދިވެހިންގެ މައި ހޮސްޕިޓަލް ދަރުމަވަންތާގައި ފަރުވާ ހޯދަމުން އައި މީހެކެވެ.

މިއަދު ހެނދުނު 6:37 ގައި މަރުވީ ދިވެހި އަންހެނެކެވެ. އުމުރުން 83 އަހަރުގެ އެ މީހާ މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އައި މީހެކެވެ.

މިއަދު ނިމޭ މެއި މަހަކީ ކޮވިޑްގައި ރާއްޖެއިން ހޭދަކުރި އެންމެ ހާލަތު ގޯސް މަހެވެ. މި މަހު އެކަނިވެސް 87 މީހަކު ވަނީ މަރުވެފައެވެ. ކޮވިޑްގައި ރާއްޖެއިން މަރުވި މީހުންގެ އަދަދަކީ 160 އެވެ.