ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ހަރުކަށި ފިކުރުގެ މީހުން ދޫކޮށްލި މައްސަލަ ހައިކޯޓަށް

ހައި ކޯޓު އިމާރާތް: ހަރުކަށި ފިކުރުގެ ފަސް މީހަކު ފޫކޮށްލި މައްސަލަ ހައިކޯޓުގައި މިއަދު އިސްތިއުނާފް ކުރާނެ
0%
0%
0%

ޓެރަރިޒަމަށް ވާގިވެރިވާ ކަމަަށް ތުހުމަތުކޮށް އައްޑު އަތޮޅުން ހައްޔަރު ކުރި ނުވަ މީހުންގެ ތެރެއިން ފަސް މީހަކު ދޫކޮށްލި މައްސަލަ ހައިކޯޓުގައި މިއަދު އިސްތިއުނާފް ކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ޕްރޮސެކިއުޓާ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު އަވަސް އަށް ވިދާޅުވީ ކުޑައިރުކޮޅެއްގެ ތެރޭގައި އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކުރި މީހުން ދޫކޮށްލާފައި ވަނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ. އޭގެ ކުރިން އިތުރު މީހަކު ވަނީ ދޫކޮށްލާފަ އެވެ.

އެހެންކަމުން ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން މިހާރު ބަންދުގައި ތިބީ ތިން މީހުންނެވެ.

ޓެރަރިޒަމަށް ވާގިވެރިވުމުގެ ތުހުމަތުގައި އައްޑު އަތޮޅުން ނުވަ މީހަކު ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. އެ މީހުން ކޯޓުން ދޫކޮށްލި ނަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910