ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ގެސްޓް ހައުސްތައް

ގެސްޓު ހައުސްތަކަށް ހުރި ދަތިތައް ބަަލަނީ

Jun 1, 2021

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ގެސްޓް ހައުސް ވިޔަފާރި ތަކަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައި ދޭން ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން މަސައްކަތް ފަށައިފި އެވެ.

ގޭމް އިން ބުނީ ގެސްޓްހައުސްތައް ކުރިއެރުވުމަށް ހުރި ކަންބޮޑުވުންތައް ބަލައި ހައްލު ކުރަން ސިޓީ ކައުންސިލް ތަކާއި ރަށް ރަށުގެ ކައުންސިލް ތަކާއި މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށެވެ.

ގޭމް އިން ބުނި ގޮތުގައި މިހާތަނަށް މަޝްވަރާތައް ބާއްވާފައިވަނީ ކައުންސިލްތަކުގެ ތެރޭގައި ފުވައްމުލަކު ސިޓީ ކައުންސިލް އާއި އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން ނ. އަތޮޅު ކައުންސިލާ އެކުގަ އެވެ.

ރާއްޖޭގައި 600 އެއްހާ ގެސްޓްހައުސް ހިންގަ އެވެ. ކޮވިޑާ ގުޅިގެން ގެސްޓްހައުސް ސިނާއަތަށް 30 މިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ވެފައިވާ ކަމަށް ވެއެވެ.