ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ގެސްޓް ހައުސްތައް

ގެސްޓްހައުސް އެނދު 7،400 އަށްވުރެ މައްޗަށް

Apr 22, 2021

ބޯޑަރު ހުޅުވިފަހުން މިހާތަނަށް ހިދުމަތަށް އައި ގެސްޓްހައުސްތަކުން އެނދުގެ އަދަދު 7،400 އަށްވުރެ މައްޗަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ބޯޑަރު ހުޅުވި ފަހުން މިހާތަނަށް 7،458 ގެސްޓްހައުސް އެނދު ވަނީ އަލުން އޮޕަރޭޓް ކުރަން ފަށާފަ އެވެ.

މިހާތަނަށް 57 ރަށަކުން 409 ގެސްޓްހައުސް އަލުން ހުޅުވާފައިވާއިރު، ގެސްޓްހައުސްތައް ހުޅުވި އަތޮޅުތަކުގެ އަދަދަކީ 18 އެވެ.

އެންމެ ގިނައިން ގެސްޓްހައުސް ހުޅުވާފައިވަނީ މާލެ އަތޮޅުންނެވެ. އަދި އެންމެ ގިނަ ގެސްޓްހައުސް އެނދު ހުޅުވާފައިވާ އެއް ރަށަކީ ކ. މާފުއްޓެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތްދޭ 1،029 ތަނެއްގައި ޖުމްލަ 53،453 އެނދު ހުންނައިރު، 709 ތަނެއްގައި ހުރި 46،825 އެނދު ވަނީ އަލުން ހުޅުވާފަ އެވެ. މިއީ ޓޫރިސްޓުންނަށް ހިދުމަތްދޭން ހަދާފައިވާ ތަންތަނުގެ ގާތްގަނޑަކަށް 73 ޕަސެންޓެވެ.