މިނިސްޓްރީ އޮފް އެޑިއުކޭޝަން

ޓިކްޓޮކްގައި އެޑިއުކޭޝަން މިނިސްޓްރީގެ ފޭކް އެކައުންޓެއް

Jun 2, 2021

ޓިކްޓޮކްގައި އެޑިއުކޭޝަން މިނިސްޓްރީގެ ނަމުގައި ހަދާފައިވާ އެކައުންޓަކީ ފޭކު އެކައުންޓެއް ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން ބުނީ "އެޑިއުކޭޝަންއެމްވީ" ގެ ނަމުގައި ޓިކްޓޮކްގައި ހަރަކާތްތެރިވަނީ އެ މިނިސްޓްރީން ނޫން ކަމަށެވެ. މިނިސްޓްރީގެ ޓްވިޓާގައި އެ ޕޭޖުގެ ސްކްރީން ޝޮޓެއް ވެސް ވަނީ ހިއްސާކޮށްފަ އެވެ.

ޓިކްޓޮކްގައި އެޑިއުކޭޝަން މިނިސްޓްރީގެ ނަމުގައި ހަދާފައިވާ އެކައުންޓުން ވަނީ 1500 އަށްވުރެ ގިނަ މީހުންނަށް ފޮލޯކޮށްފަ އެވެ. އެ ޕޭޖަށް ފޮލޯކޮށްފައި ވަނީ 103 މީހުނެވެ. މިހާތަނަށް އެ އެކައުންޓުން އެއްވެސް ވީޑިއޯއެއް އަޕްލޯޑް ކޮށްފައެއް ނުވެއެވެ. އެ އެކައުންޓް ވަނީ ޕްރައިވެޓް ކޮށްފަ އެވެ.

ރާއްޖޭގައި ޓިކްޓަކަކީ މަގުބޫލު އެޕެކެވެ. ގިނަ ބަޔަކު ބޭނުންކުރާ މި އެޕް އެއްވެސް މިނިސްޓްރީއަކުން ބޭނުމެއް ނުކުރެ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ވަނީ ރަސްމީކޮށް ޓިކްޓޮކް އެކައުންޓެއް ހުޅުވާފަ އެވެ. އެ އެކައުންޓަށް މަޖިލީހުގެ އެކިއެކި ވީޑިއޯ އަޕްލޯޑު ކުރެ އެވެ.