ހަބަރު

ގިނަ ބަޔަކާއެކު ދަތުރު ކުރަމުންދިޔަ ލޯންޗެއްގެ އިންޖީނުގައި ރޯވެއްޖެ

Nov 12, 2015

ގިނަ އަދަދެއްގެ މީހުންނާއެކު ބ. ރަވަންދޫ ކައިރިން ދަތުރުކުރަމުން ދިޔަ ލޯންޗެއްގެ އިންޖީނުގައި އަލިފާން ރޯވެއްޖެ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

ފުލުހުން ބުނީ މިއަދު 11:30 ހާއިރު ދަރަވަންދޫ ކައިރިން ދަތުރުކުރަމުންދިޔަ ލޯންޗެއްގައި ރޯވެ، ލޯންޗު ހުއްޓުމުގެ ސަބަބުން ފުލުހުންނާ އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނިގި ހަބަރު ލިބުމާއެކު ފުލުހުންނާއި އެމްއެންޑީއެފުން ލޯންޗުގައި ތިބި މީހުންނަށް އެހީވުމަށް އެ ސަރަހައްދަށް ދިޔަކަމަށެވެ.

ލޯންޗުގައި ތިބި އަންހެނުންނާ ކުޑަކުދިން މިހާރު ވަނީ އެއަތޮޅު އޭދަފުއްޓަށް ގެންގޮސްފަ އެވެ. ލޯންޗުަގައި 40 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހަތަރު ކުޑަކުދިންނާއި 16 އަންހެނުން ހިމެނެ އެވެ.