ވައްކަންކުރުމުގެ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހޯދަން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.
ފުލުހުންގެ ވެބްސައިޓްގައި ފޮޓޯ އާންމުކޮށް، ހޯދަން އިއުލާންކޮށްފައިވަނީ ނ. ކެނދިކުޅުދޫ / ކެނދިކޮޅު، އޯޝަންވިލާ، އިބްރާހީމް އަޒްލީފް (32އ) އެވެ.
ފުލުހުން ބުނީ އަޒްލީފް ހޯދަނީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ކަމަށެވެ.
އަޒްލީފާ ގުޅޭ މައުލޫމާތު އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ.