އަންނަ އަހަރަށް ލަފާކޮށް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރަކަށް ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު އަދި ނައިބު މުގައްރިރަކަށް އެމްޑީޕީގެ ނައިބް ލީޑަރު އަލީ މައުރޫފު ހޮވައިފި އެެ.ވެ.
ބަޖެޓް ދިރާސާ ކުރާ ކޮމެޓީ މުގައްރިރަކަށް މިދިއަ އަހަރުވެސް ހުންނެވީ ނިހާނެވެ.
ބަޖެޓް ދިރާސާ ކުރުމަށް ނެގި 24 މެންބަރުންގެ ކެމެޓީގެ މުގަރައްރިރާއި ނައިބު މުގައްރި ހޮވި އިރު އެ ކޮމިޓީން ބަޖެޓް ދިރާސާ ކުރުމަށްފަހު ރިޕޯޓު މިމަހުގެ 16 ގައި މަޖިލކީހުގެ ރައީސަށް ހުށަހަޅަން ޖެހޭނެއެވެ. ބަޖެޓްގެ ބަހުސްތައް މަޖިލީހުގައި ފަށާނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. ބަޖެޓްގެ ހުރިހާ ކަމެއް ނިންމުމަށްފަހު މިމަހުގެ 26 ވަނަ ދވަހު މަޖިލީހުން ބަޖެޓާއި މެދު ގޮތެއް ނިންމަން ޖެހޭނެއެވެ.
ބަޖެޓް ކޮމެޓީ ކުރިޔަށް ގެންދާނެ ގޮތަކާބެހޭ ގޮތުން މިއަދު ވަނީ ކޮމެޓީގައި މަޝްވަރާކޮށްފައެވެ. އަންނަ އަހަރަށް ލަފާ ކޮށް މި އަދު މަޖިލީހަށް ހުށަހަޅާފައި ވަނީ 27.4 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.