ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޮވިޑް ޖެހުމުން ސެންޓަރަށް ގެންދަން މޮޅުގޮތެއް!

ކޮވިޑް-19 އިގެ ވަބާ ދުނިޔެއަށް ފެތުރުމުގެ ކުރިން ސޯޝަލް ޑިސްޓެންސިން އަކީ މީހުން ދަންނަ ކަމެއް ނޫނެވެ. އެކަން ދަސްވީ އަދި އެގޮތަށް އުޅެން މަޖްބޫރުވީ ބަލިމަޑުކަމުގެ ސަބަބުންނެވެ. ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާ ދޭތެރޭ ކަން ކުރާނެ ގޮތް ގޮތް އެންމެ ރަނގަޅަށް ގިނަ މީހުންނަކަށް ނޭނގެ އެވެ. ބަލިވީމަ ޑޮކްޓަރަށް ދައްކަން ގެންދާނެ ގޮތެއް ވެސް ނޭނގެ އެވެ.

ނަމަވެސް އިންޑިއާގެ މިޒޯރާމްގެ މީހަކު އޭނާގެ އަންހެނުން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ކޮވިޑް ސެންޓަރަށް ގެންދަން ވަރަށް މޮޅު ގޮތެއް ވަނީ ވިސްނާފަ އެވެ. އެމްބިއުލެންސް ބަލާ އައުމުގެ ކުރިން އެމީހާ ވަނީ އަންހެނުން ކޮވިޑް ސެންޓަރަށް ގެންގޮއްސަ އެވެ. އަދި އެވެސް ސޯޝަލް ޑިސްޓެންސިންގެ އުސޫލުތަކާ ވެސް އެއްގޮތަކަށެވެ.

މި މީހާ އަންހެނުން ކޮވިޑް ސެންޓަރަށް ލާން ދަނިކޮށް މަގުމަތިން ދިމާވި އައިޕީއެސް އޮފިސަރަކު ވަނީ މި މަންޒަރުގެ ފޮޓޯތަކާއި ވީޑީއޯ ސޯޝަލް މީޑިއާގައި ޝެއާކޮށް އެމީހާގެ ވިސްނުން ރަނގަޅުކަމަށް ތައުރީފުކޮށްފަ އެވެ. ޖީޕެއްގެ ފަހަތުގައިވާ ޓްރެއިލާގައި ޕްލާސްޓިކް ގޮނޑިއެއް ބައިންދައި އޭގައި އަންހެނުން ބައިންދައިގެން ފިރިހެންމީހާ ޖީޕް ދުއްވާފައި ދިޔަ މަންޒަރު ފެންނަ މި ވިޑީއޯއަށް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައި ވެއެވެ.

މި މީހާގެ ވިސްނުން ތޫނުކަމާއި ޚިޔާލު މޮޅުކަމަށް މި ވީޑިއޯ ބެލި އެންމެން ވެސް އެއްބަސްވެ އެވެ. ބޭރަށް ނުކުންނަ އިރު އާދައިގެ މާސްކެއްހާ ހިސާބުވެސް އަޅާލަން ގިނަ ބަޔަކަށް ނުކެރޭއިރު ނުވަތަ ނާޅާއިރު މި މީހާ ކޮވިޑް-19ގެ ގައިޑްލައިން އަށް ފުރިހަމައަށް އަމަލުކުރުމާއެކު އަންހެނުން ކޮވިޑް ސެންޓަރަށް ލާން ދާ މަންޒަރަކީ ހަގީގަތުގައި ވެސް ވަރަށް ތަނަވަސް ޚިޔާލެއްގެ މީހަކަށް ނޫނީ އަންނާނެ ވިސްނުމެއް ނޫނެވެ.

މި ދެމަފިރިންގެ ތެރެއިން ބަލި ޖެހިފައިވަނީ ހަމައެކަނި އަންހެންމީހާ އަށް ކަމަށްވާތީ ފިރިމީހާ ގަޔަށް ވެސް ބަލި ނާރާނެ ފަދަ ގޮތަކަށް އަންހެންމީހާ ވެސް އިނުމުން އެ ދެ މީހުންގެ މެދުގައި އޮތް އިތުބާރާއި ޔަގީންކަން ވެސް ދޭހަވާ ކަމަށް މި ވީޑީއޯއަށް ކޮމެންޓުކުރި ބައެއް މީހުން ބުންޏެވެ.

އެންމެ މަޖާ ކަމަކީ މަގުމަތިން މި ދެ މީހުންނާ ދިމާވާ މީހުންނާ މިމީހުން އަތް ހޫރަމުން ދިޔައިމަ އެވެ.