ދުނިޔެ

ބިލް ގޭޓްސް ނިއުކްލިއާ ރިއެކްޓަރެއް އުފައްދަނީ

ބިލް ގޭޓްސް އާއި ވޮރަން ބަފެޓް ނިއުކްލިއާ އުފައްދަނީ އެވެ. ބުނެވޭ ގޮތުގައި އެމެރިކާގެ ވަޔޯމިންގައި ނޭޓްރީއަމް ރިއެކްޓަރެއް އުފެއްދުމަށްޓަކައި މި ދެ ބޭފުޅުންގެ ޓެރާޕަވާ އާއި ޕެސިފިކޯޕްއިން މަސައްކަތް ފަށައިފި އެވެ.

ވަޔޯމިންގެ ގަވަރުނަރު މާކް ގޯޑަން ވިދާޅުވީ މި އަހަރު ނިމޭ ހިސާބުގައި ނޭޓްރީއަމް ރިއެކްޓަރާ ބެހޭ ތަފްސީލީ ޕްލޭން ހާމަ ކުރެވޭނެ އެވެ. މަސައްކަތްތައް ނިމޭނެ ތާރީހެއް އަންދާޒާ ކުރެވިފައި ވެސް ނެތްއިރު ގަވަރުނަރު ވިދާޅުވީ ކާބަން ނެގެޓިވް - ތެޔޮ ބޭނުން ނުކޮށް ހަކަތައް އުފެއްދެން އޮތް އެންމެ ކުރު މަގަކީ ނިއުކްލިއާ ކަމަށެވެ.

ސިނާއީ މަރުކަޒުތަކުން ޖައްވަށް ވިހަ ގޭސް ބޭރު ވުމަކީ ބިލް ގޭޓްސް ހިތާމަ ކުރައްވާ ކަމެެކެވެ. މިލްކިއްޔާތުގައިވާ ހުރިހާ ފައިސާއާއެކު ވެސް ތިމާވެއްޓަށް ރައްޓެހި ހަކަތައިގެ ނިޒާމަކަށް މި ނޫނީ އިންސްވެސްޓް ކުރައްވާފައެއް ވެސް ނެތެވެ.

ބިލް ގޭޓްސް އަކީ އެކި ގައުމުތަކުގެ ރައްޔިތުންގެ ސިއްހަަތަށް ވެސް ވަރަށް ބޮޑަށް ހޭދަ ކުރައްވާ ބޭފުޅެކެވެ. އެފްރިކާ ބައްރުގެ ފަގީރު ގައުމުތަކަށް ސިއްހަތާއި ބޭސްވެރި ކަމަށް ވެސް ހޭދަ ކުރައްވަ އެވެ.

މައިކްރޮސޮފްޓްގެ ބާނީ ބިލް ގޭޓްސް އަކީ ދުނިޔޭގެ އެންމެ މުއްސަނދި ފަސް މީހުންގެ ތެރޭގައި ހިމެނޭ ބިލިއަނަރެކެވެ. ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ގޮތުގައި އެންމެ ގިނަ ދުވަހު ހުރުމުގެ ޝަރަފް ވެސް އޮތީ ބިލް ގޭޓްސް އަށެވެ.