ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބޮލީވުޑް

އަޔުޝްމާންގެ "ޑްރީމް ގާލް"ގެ ބަތަލާއަކު ކޮވިޑްގައި މަރުވެއްޖެ

އަޔުޝްމާން ކުރާނާގެ "ޑްރީމް ގާލް" ގައި މުހިއްމު ރޯލެއް ކުޅުނު ބަތަލާ ރިންކޫ ސިންގް ނިކޫމްބް ކޮވިޑް-19 ބަލީގައި މަރުވެއްޖެ އެވެ. ރިންކޫ އެންމެ ފަހުން ފެނިފައި ވަނީ ވަރަށް ފަހުން ރިލީޒްކުރި އާދާރް ޖެއިން ބަތަލުގެ ބައި ކުޅެފައިވާ "ހެލޯ ޗާލީ" އިންނެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ރިންކޫ މަރުވީ ކޮވިޑްގައި ވަރަށް ބޮޑުވަރު ވެގެން އައިސީޔޫގައި ފަރުވާ ދޭތާ ދުވަސްކޮޅެއް ފަހުންނެވެ.

ރިންކޫގެ ދެބެންގެ ދެދަރި ސަންދާ ސިންގް ބުނި ކަމަށް އިންޑިޔާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ރިންކޫ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ މިދިޔަ މޭ މަހުގެ 25 ވަނަ ދުވަހު އެވެ. ފުރަތަމަ އޭނާ ހުރީ ގޭގައި ކަރަންޓީނު ވެގެނެވެ. ރިންކޫ ގޭގައި ހުއްޓާ ހާލު ބޮޑުވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރީ ކަމަށް ޗަންދާ ބުންޏެވެ. އިތުރަށް އޭނާ ބުނެފައިވާ ގޮތުގައި ރިންކޫއަކީ ނޭވާހިއްލާ މީހެކެވެ. އަދި އޭނާ ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ.

ބޮލީވުޑް ފިލްމުތަކުގެ އިތުރުން ބައެއް ސިލްސިލާ ތަކުގައި ވެސް ރިންކޫ މަސައްކަތް ކޮށްފައި ވެއެވެ. އޭނާ ކުޅުނު މަޝްހޫރު ޑްރާމާތަކުގެ ތެރޭގައި "ޗިޅިޔާގަރް" އަދި "މޭރީ ހަނީކާރަކް ބީވީ" ހިމެނެ އެވެ. ސޮނީގެ "ދަޅްކަން" ގައި މުހިއްމު ރޯލެއް ކުޅެން އެ ޗެނަލުން ވަނީ ރިންކޫ ހޮވާފަ އެވެ.