ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބޮލީވުޑް

ކޮވިޑް ޖެހިގެން "އަނޫޕަމާ" ގެ މަންމަ މަރުވެއްޖެ

ސްޓާ ޕްލަސްގެ މަޝްހޫރު ސިލްސިލާ "އަނޫޕަމާ" ގައި ރުޕާލީ ގަންގޫލީގެ ކެރެކްޓާގެ މަންމަގެ ރޯލު އަދާކުރި މާދަވީ ގޯގޭޓް މަރުވެއްޖެ އެވެ. އާދީއްތަ ދުވަހު މާދަވީ މަރުވީ ކޮވިޑް ބަލީގަ އެވެ.

އުމުރުން 58 އަހަރުގެ މާދަވީއަށް ކޮވިޑް ޖެހި ފަރުވާ ދޭން ފަށާފައި ވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ.

ރުޕާލީ ވަނީ އޭނާގެ ސްކްރީން މަންމަ މަރުވުމުގެ ހިތާމައިގައި ސޯޝަލް މީޑިއާގައި ހާއްސަ މެސެޖެއް ޝެއާ ކޮށްފަ އެވެ. އަދި މާދަވީ މަރުވުމުން ވަރަށް ދެރަވެއްޖެ ކަމަށާއި އޭނާއާ ދައްކަން ވެފައި ނުދެއްކި ގިނަ ވާހަކަތަކެއް ހުރި ކަމަށެވެ.

ރުޕާލީ ނޫނަސް "އަނޫޕަމާ" ގައި މާދަވީ އާއެކު މަސައްކަތްކުރި ގިނަ މީހުން މިހާރު ގެންދަނީ ސޯޝަލް މީޑިއާގައި ތަފާތު މެސެޖުތައް ޝެއާކޮށް ކުއްލިއަކަށް މާދަވީ ވަކިވެ ދިއުމުން ހިތާމަ ފާޅުކޮށްފަ އެވެ. އަދި "އަނޫޕަމާ" ގެ ސެޓުގައި އަބަދުވެސް މާދަވީގެ ހަނދާން ވާނެ ކަމަށާއި އޭނާގެ ލޯބި ހިނިތުން ވުން އަބަދުވެސް ހަނދާން ވާނެ ކަމަށް ބުނެފައި ވެއެވެ.

މާދަވީ ވަނީ ޓީވީ ޝޯތަކުގައި ވަރަށް ގިނަދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފަ އެވެ. "ކަހީނ ތޯ ހޯގާ" އާއި "ކޮއި އަޕްނާ ސާ" އަދި "އޭސާ ކަބީ ސޯޗާ ނަތާ"ފަދަ ސިލްސިލާތަކުގައި މާދަވީ މުހިއްމު ބައިތަކެއް ކުޅެފައި ވެއެވެ.