ބޮލީވުޑް

"ތާރަކް މެހެތާ ކާ އުލްޓާ ޗަޝްމާ"ގެ ސުނިލް މަރުވެއްޖެ

ސަބް ޓީވީގެ ކާމިޔާބު ޝޯ "ތާރަކް މެހެތާ ކާ އުލްޓާ ޗަޝްމާ"ގައި މުހިއްމު ރޯލެއް ކުޅޭ އެކްޓަރު ސުނިލް ހޯލްކާ މަރުވެއްޖެ އެވެ.

އުމުރުން 40 އަހަރުގެ ސުނިލް މަރުވީ މިދިޔަ ހުކުރު ދުވަހު އެވެ. ސުނިލް މަރުވީ ފުރަމޭގެ މައްސަލަތަކަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

ޓީވީ9 ހިންދީ ރިޕޯޓުން ބުނެފައިވާ ގޮތުގައި ސުނިލް އަށް އޭނާ ދެން މާގިނަ ދުވަހު ދުނިޔޭގައި ނުހުންނާނެކަން ޔަގީންވުމުން އެކުވެރިން ކައިރީ ބުނެގެން ވަޓްސްއަޕް މެސެޖެއް ތައްޔާރުކޮށް ހުރިހާ މީހުންނަށް އަލްވަދާއު ކިޔާފައި ވެއެވެ.

މި މެސެޖުގައި އޭނާއަށް ކުރެވިފައި އޮތްނަމަ އޮތް ކުށަކަށް ސުނިލް ވަނީ މައާފަށް އެދިފަ އެވެ.

"ތާރަކް މެހެތާ ކާ އުލްޓާ ޗަޝްމާ"ގެ އިތުރުން ނެޝަނަލް އެވޯޑު ހޯދާފައިވާ އިންޑިޔާ ފިލްމެއް ކަމަށްވާ "ގޮޝްތު އެކާ ޕައިތަނީޗީ"ގައި ވެސް ސުނިލް ބައިވެރިވި އެވެ.