އިތާފުށި

އިތާފުށީގައި ރާއްޖޭގެ ފުރަތަމަ އަކްއާ ވެލްނަސް ސެންޓަރު

Jun 5, 2021
1

ހައިޑްރޯތަރަޕީ ޕޫލާކާއެކު އިތާފުށި މޯލްޑިވްސްގައި ރާއްޖޭގެ ފުރަތަމަ އަކްއާ ވެލްނަސް ސެންޓަރު ހުޅުވައިފި އެވެ.

ގަތަރުގެ ދޯހާގެ އަނަންތާރާ ބަނާނާ އައިލެންޑް ތަރައްގީ ކުރި ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު އާއި މެދުއިރުމަތީގެ މަހުޖަނެއް ގުޅިގެން މާލެ އަތޮޅުގައި ތަރައްގީ ކޮށްފައިވާ ވާލްޑޮފް އެސްޓޯރިއާ ރިސޯޓުގައި ހެދި އަކްއާ ވެލަންސް ސެންޓަރު ހަދާފައި ވަނީ އަގު ބޮޑު އިކްއިޕްމަންޓްތައް ހިމެނޭ ގޮތަށް ސްޕާ ޓްރީމަންޓް ކޮޓަރިތަކާ އެކުގަ އެވެ. މިތަނުގައި ހައިޑްރޯ ތެރަޕީ ސުވިމިން ޕޫލެއްގެ އިތުރުން ހިތްގައިމު ބަގީޗާއެއް ވެސް އޮވެ އެވެ.

ބޮޑު މިނުގައި 7,735 އަކަފޫޓުގެ ސެންޓަރުގައި އައިސް ފައުންޓެއިންގެ އިތުރުން 2,906 ޕޫލެއް ވެސް ހުރެ އެވެ. އަދި މީގެ އިތުރުން ވެސް މިތަނުގައި އިތުރު ގިނަ ހިދުމަތްތައް ހިމެނެ އެވެ.

ބޮޑު އަގުގައި ވިއްކާ އިތާފުށި ރިސޯޓަކީ އެކި ގައުމުތަކުގެ ކެއުންތައް ހިމެނޭ ގިނަ ރެސްޓޯރެންޓްތަކެއް ވެސް ހުރި ރިސޯޓެވެ. މި ރިސޯޓުގައި އެރަބިއަން ފުޑުގެ އިތުރުން ޖަޕަނީސް ރެސްޓޯރެންޓެއް ވެސް ހުރެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 23 މިނެޓުން ސްޕީޑް ލޯންޗުގައި ދެވޭ ރާސްތާގައި މާލެ އަތޮޅުން ފަޅެއް ހިއްކައިގެން ހަދާފައިވާ މި ފުރިހަމަ ރިސޯޓު ހިންގަނީ ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން، ހިލްޓަންގެ ވާލްޑޮފް އެސްޓޯރިއާ ބްރޭންޑުގަ އެވެ. ވާލްޑޮފް އެސްޓޯރިއާ ހަދާފައިވާ ތިން ރަށުގައި 138 ގެސްޓް ވިލާ އާއި ހަ ރެސްޓޯރަންޓާއި ކެފޭ ފަދަ ގިނަ ވަސީލަތް ތަކެއް ވެސް ގާއިމް ކޮށްފައި ހުރެ އެވެ.