ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޖައިޝަންކަރު އަންނަ ހަފުތާގައި ކުވޭތަށް

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރު އަންނަ ހަފުތާގައި ކުވޭތަށް ވަޑައިގަންނަވާނެ އެވެ. ކޮވިޑާ ހެދި އިންޑިއާގެ އާންމު ހާލަތު ވަރަށް ދަށްވެފައިވާ މި ދަނޑިވަޅުގައި އިންޑިއާއަށް އެހީތެރިވެ އަޅައިލާނެ ކަމަށް މުއްސަނދި ކުވޭތުން އޮތީ ބުނެފަ އެވެ.

ކުވޭތުން މެޑިކަލް އޮކްސިޖަނާއި ގުޅުން ހުރި އާލާތްތައް އިންޑިއާއަށް ގެންދިއުމަށްޓަކައި މެރީޓައިމް ބްރިޖެއް ގާއިމު ކޮށްފައި ވާކަމަށް އިންޑިއާ ނޫސްތަކުން ބުނެ އެވެ. އިންޑިއާގެ ނޭވީން މި މަސައްކަތްތަކުގައި އަވަދިނެތި އުޅޭ ކަމަށް ވެސް އިންޑިއާ ނޫސްތަކުން ރިޕޯޓްކުރެ އެވެ.

މެދުއިރުމަތީ އަރަބި އެކުވެރި ގައުމުތަކުން ދެކޭ ގޮތުން އިންޑިއާއަކީ ވަރަށް މުހިންމު ބައިވެރި އެކެވެ. ސައޫދީއާ ޔޫއޭއީ ފަދަ ގައުމުތަކުގައި އިންޑިއާ އާބާދީ ވަރަށް ބޮޑެވެ. އެ ގައުމުތަކުގެ ތަރައްގީއަށް އިންޑިއާގެ ފަންނުވެރިންނާއި މަސައްކަތްތެރިން ހިއްސާ ކޮށްދެ އެވެ.

އިންޑިއާގައި ކޮވިޑް ތައްކަތު ނުކުރެވި ދިގު ދެމިގެން ގޮސް މެޑިކަލް އޮކްސިޖަނަށް ޖެހިފައި އޮތްއިރު ސައޫދީން ވެސް ޝިޕްމަޓްތައް ފޮނުވައި ދިނެވެ. އިންޑިއާގެ ނޭވީ އުޅަނދަކުން މެއި 27 ގައި 270 މެޓްރިކް ޓަނުގެ މެޑިކަލް އޮކްސިޖަނާއި ގުޅުން ހުރި އާލާތްތައް ކުވޭތުންނާއި ޔޫއޭއީން ގެންގޮސް ކޮޗިންއަށް ބޭލި އެވެ.

ޖައިޝަންކަރުގެ މި ދަރުތުފުޅޭ ގުޅުން ހުރި އިތު ކަމެއް މީޑިއާއަށް އަދި އެނގިފައި ނެތް ނަމަވެސް ބޮޑަށް ބެލެވެނީ ކުވޭތާއެކު އޮތް ގާތް ކަމުގެ ރަމްޒީ ދަތުރުފުޅެއް ކަމަށެވެ. ޖައިޝަންކަރަނީ އަވަށްޓެރި ގައުމުތަކުގެ ހާރިޖީ ވަޒީރުން އަދި އެ ދާއިރާގެ އޮފޝަލުންނާ ވަރަށް ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެކެވެ.

އެކްސްޓާނަލް އެފެއާޒް މިނިސްޓަރުގެ ދަތުރުފުޅުގައި ކުވޭތުގެ ފޮރިން މިނިސްޓަރު އަދި މިނިސްޓާ އޮފް ސްޓޭޓް ފޮ ކެބިނެޓް އެފެއާޒް ޝޭހު ޑރ. އަހްމަދު ނާސިރު މުހައްމަދު އަލްސަބާހްއާ ބައްދަލުކު ރައްވައި ދޭދޭ ތަރައްގީއާ ބެހޭ މަޝްވަރާތައް ކުރައްވާނެ ކަމަށް ބެލެވެ އެވެ.